މާލޭގައި އައު ކަރަންޓު ކޭބަލެއް އަޅާ، ކަރަންޓު ކެނޑުމުގެ މައްސަލަ ސްޓެލްކޯއިން ހައްލުކޮށްފި

މާލޭގައި އައު ކަރަންޓު ކޭބަލެއް އަޅާ، ކަރަންޓު ކެނޑުމުގެ މައްސަލަ ސްޓެލްކޯއިން ހައްލުކޮށްފިއެވެ.

ސްޓެލްކޯ އިން ބުނީ ޑިސްޓްރިބިއުޝަން ނެޓްވޯކްގެ ގެއްލުންވެފައިވާ ކޭބަލްގެ ބަދަލުގައި އަލަށް އަޅާފައިވާ ކޭބަލް ސަބްސްޓޭޝަނާއި ގުޅާލައި، އެނަރޖައިޒް ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެ ކުންފުނީގެ މައި ކޭބަލަށް ދިމާވި މައްސަލައާ ހެދި އަންގާރަ ދުވަހު މުޅި މާލެއިން ކަރަންޓު ކެނޑިފައިވާއިރު، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެފައިވަނީ ކަރަންޓު ކެނޑުނީ ސްޓެލްކޯއިން ވަޅުލާފައި އޮތް 11ކޭވީ ޑިސްޓްރިބިއުޝަން ނެޓްވޯކް ކޭބަލަކަށް ލިބިފައިހުރި ގެއްލުމެއްގެ ސަބަބުން ކަމަށެވެ.

ޝަރީފެ ވިދާޅުވެފައިވަނީ އެއީ ސްޓެލްކޯގެ ވާޓްސިލާ އިންޖީނުގެއިން ގާކޮށި ފްލެޓް ކައިރީގައި ހުންނަ ޑިސްޓްރިބިއުޝަން ސަބް ސްޓޭޝަނަށް އަޅާފައި އޮންނަ ފީޑަރު ކޭބަލެއް ކަމަށެވެ. އަދި ކޭބަލް ހަލާކުވެފައިވާ ކަމަށް ލަފާކުރެވެނީ މަގު ކޮނުމުގެ ތެރޭގައި ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.