ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޝިފާގު މުފީދު އައްޔަންކޮށްފި

ޕީއެންސީގެ ސެކްރެޓަރީ ޖެނަރަލް ގެ މަގާމަށް ޝިފާގު މުފީދު (ހިސްޓޯ) އައްޔަންކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ހިސްޓޯ އައްޔަންކުރައްވާފައި މިވަނީ އެ މަގާމުގައި ކުރިންހުންނެވި ގީލާ އަލީ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ޕީއެންސީގެ އެސްޖޭގެ މަގާމަށް ޝިފާގު އައްޔަންކުރައްވާފައި ވަނީ އެ ޕާޓީގެ ކައުންސިލްގެ އަޣުލަބިއްޔަތުންނެވެ.

އެމްޑީޕީން ސިޔާސީ ހަރަކާތްތަކަށް ނުކުންނެވި ޝިފާގު ވަނީ އެ ޕާޓީގެ ޓިކެޓުގައި ފުވަމުލަކު ދެކުނު ދާއިރާގެ މަޖިލިސް މެންބަރުކަން ކުރައްވާފައިވާއިރު، ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަމާއި ސްޓޭޓް މިނިސްޓަރު ކަމާއި ޖުމްހޫރީ ޕާޓީގެ މެންބަރުކަން ވެސް އޭނާ ވަނީ ކުރައްވާފައެވެ.

އެހެންނަމަވެސް ޝިފާގު މުފީދު މިހާރުފެންނަނީ އެމްޑީޕީއާ އިދިކޮޅަށް ބަހުގެ ގިނަ ހަމަލާތަކެއް ދެއްވަމުން ގެންދަވާ އަދި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ވެސް އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅެއްގެ ގޮތުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.