މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް މި މަހު 12 އިން ފެށިގެން ބަދަލު ގެނެސްފި

ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް މި މަހު 12 އިން ފެށިގެން ބަދަލު ގެނެސްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 6396.25 ރުފިޔާ ކަމަށެވެ.

ރިހީގެ އަގަށް އަންނަ ބަދަލަށް ބަލައިގެން ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަމުން އަންނައިރު، ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރަށް ވެސް ބަދަލު އާދެއެވެ.

ރާއްޖޭގައި އެންމެ ފަހުން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނައީ މިއަހަރުގެ މާރޗު މަހުއެވެ. އޭރު ކަނޑައެޅީ ނިޞާބުގެ އަދަދަކީ 7241.15ރ އެވެ.

2016 ވަނަ އަހަރަށްފަހު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު ދައްކަނީ މޯލްޑިވްސް އިންލެންޑް ރިވެނިއު އޮޓޯރިޓީ (މީރާ) އަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.