ސަރުކާރު މުޢައްސަސާތަކުގެ ޤުރުއާން މުބާރާތް ފަށައިފި

ސަރުކާރުގެ އޮފީސްތަކާއި، ކުންފުނިތަކާއި،  ޔުނިވަރސިޓީ، އަދި ކޮލެޖް، ތަކުގެ ޤުރްއާން ކިޔެވުމުގެ މުބާރާތް ރޭ ފަށައިފިއެވެ.

އިސްލާމިކް އެފެއާޒް މިނިސްޓްރީން އިންތިމް ކޮށްގެން 1438 ވަނަ އަހަރުން ފެށިގެބް ކުރިއަށް ގެންދާ މި މުބާރާތުގެ މަޤްސަދަކީ ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކޮށް، ފެތުރުމަށް މަސައްކަތްކުރުން ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. އަދި  ރީތި ރާގުރާގުގައި ކީރިތި ޤުރްއާން ކިޔެވުމަށް ހިތްވަރު ދިނުމާއި ކީރިތިޤުރްއާން ރައްކާތެރިކުރުމަށް މަސައްކަތްކުރުމާއި ޤާރީން  އުފެއްދުމަށް ބާރު އެޅުމާއި ހިތްވަރު ދިނުމަކީ ވެސް މަޤުސަދެކެވެ. އޭގެ އިތުރަށް ބައިނަލް އަޤްވާމީ މުބަރާތްތަކަށް ބޭނުންވާ ބައިވެރީން އުފެއްދުމާއި ދިވެހީންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ޤާއިމުކުރުމަށާއި އެކަމުގެ ރޫޙު އަށަގެންނެވުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބާރުއެޅުމަކީ ވެސް މަޤުސަދެއް ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މި މުބާރަތަކީ 1438 ވަނަ އަހަރު ރަމަޟާންމަހު އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވަން ފެށި މުބާރަތެކެވެ. އެފަހަރުގެ މުބާރާތުގައި 08 މުއައްސަސާއަކުން 37 ފަރާތަކުންވަނީ ބައިވެރިވެފައިވެއެވެ. 1439 ވަނަ އަހަރު ރަމަޟާން މަހު ބޭއްވި މުބާރާތުގައި 9 މުޢައްސަސާއަކުން 58 ފަރާތަކުން ބައިވެރިވެފައިވެއެވެ.

މިއަހަރުގެ މުބާރާތުގައި 11 މުއައްސަސާއަކުން 68 ފަރާތަކުންވަނީ ބައިވެރިވެފައިވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.