ދަރުސް ޕޯޓަލް ރަސްމީކޮށް އިފްތިތާޙް ކުރައްވައިފި

އިސްލާމިކް އެފެއާޒު މިނިސްޓަރ ޑރ. އަޙުމަދު ޒާހިރު

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ”ދަރުސް ޕޯޓަލް” ރަސްމީކޮށް އިފްތިތާޙްކުރައްވައިފިއެވެ.

މި ޕޯޓަލް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައެވެ.

”ދަރުސް ޕޯޓަލް”އަކީ ދަރުސް އިންތިޒާމުކުރާ ފަރާތްތަކާއި، ދަރުސްދިނުމަށް އެދޭ ފަރާތްތަކަށް ފަސޭހަކަމާއެކު ހުއްދަ ހޯދުމުގެ އިންތިޒާމު ހަމަޖެހިގެންދާގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލްއެކެވެ.

މީގެ ކުރިން ދަރުސް ދިނުމަށް ހުއްދައަށް އެދި ހުށަހަޅަންޖެހޭނީ މިނިސްޓްރީއަށް ފޯމެއް މެދުވެރިކޮންނެވެ. ނަމަވެސް މި ޕޯޓަލްއާއިއެކު ކުރިއަށްވުރެ ފަސޭހައިން ހުއްދައަށް އެދެވޭއިރު ފޯމެއް ހުށަހަޅާކަށް ނުޖެހޭނެވެ.

ދަރުސް ޕޯޓަލްގައި ރެޖިސްޓްރީކޮށް، ހުއްދައަށް އެދުމުން،  އެސްއެމްއެސްއެއް މެދުވެރިކޮށް ހުއްދަ ލިބުނުކަން ހުއްދައަށް އެދުނު ފަރާތަށް އެނގިގެންދާނެއެވެ. މި ޕޯޓަލް މެދުވެރިކޮށް ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި، ކައުންސިލްތަކަށް ހުއްދައަށް އެދެވިދާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.