ލ. މާމެންދޫގައި ހުރި 35 އަހަރުވީ އިންޖީނުގޭގެ ޖަނަރޭޓަރު ނިއްވާލާ އައު އިންޖީނުގެއިން ޚިދުމަތްދޭން ފަށައިފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ ލ. މާމެންދޫގައި 35 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލާ، މުޅިން އައު އިންޖީނު ގެއަކުން ރައްޔިތުންނަށް ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ.
އެރަށުގެ އިންޖީނުގެ ކުރިން ހުރީ މީހުން ދިރިއުޅޭ ސަރަހައްދުގައެވެ. އެހެންނަމަވެސް އައު އިންޖީނުގޭގެ ސަބަބުން އެރަށުގެ ރައްޔިތުން އުފަލަމުން ގެންދިޔަ ތަކުލީފުތަކަށް ހައްލު ލިބިގެންދާނެއެވެ.
އަލަށް އިމާރާތްކުރާ އިންޖީނުގެތަކުގައި ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތަކާއި ރައްކާތެރިކަމާ އެކު ތެޔޮ ރައްކާކުރެވޭނެ ތަނެއް ގާއިމުކޮށްފައިވާއިރު، ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް އިންޖީނުގެތަކުން ދުން ބޭރުކުރުމަށް ދުންހޮޅި ނުވަތަ ޗިމްނީ ތަކެއް ވަނީ ހަދާފައެވެ.
ފެނަކައިން ބުނީ އައު އިންޖީނުގެތައް ހުޅުވާއިރު ރަށްރަށުގެ ކަރަންޓް ނެޓްވޯކް ވެސް އަޕްގްރޭޑް ކުރަމުންގެންދާ ކަމަށެވެ. އަދި މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން 70 ޑެސިބެލް އަށް ވުރެ މަތިނުވާނެހެން ސައުންޓް އެޓެނުއޭޓަރު ފަދަ ޒަމާނީ ވަސީލަތްތަކުގެ އެހީގައި އިންޖީނުގެއިން އުފައްދާ އަޑު މަޑުވާނެ ކަމަށެވެ.
ލ. މާމެންދޫގައި 35 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލާ، މުޅިން އައު އިންޖީނު ގެއަކުން ރައްޔިތުންނަށް ކަރަންޓު ދޭން ފެށިފައިވާ ވާހަކަ އުފަލާއިއެކު ފާހަގަކުރަން. pic.twitter.com/2xlI2Zxz2y
— Fenaka Corporation Ltd (@TeamFenaka) June 12, 2022