ރައްޔިތުންނަށް އޯގާތެރި ވެރިކަންކުރަމުން އަންނަނީ އެމްޑީޕީގެ ސަރުކާރުން: ފެނަކަ އެމްޑީ

ރައްޔިތުންނަށް އޯގާތެރި ވެރިކަންކުރަން އަންނަނީ އެމްޑީޕީގެ ސަރުކާރުން ކަމަށާއި މިކަމަކަށް ޝައްކެތް ނެތް ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު ވިދާޅުވީ ހަގީގީ އިހުލާސްތެރި ވެރިއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި މި ސަރުކާރުގައި އޮތީ އޯގާތެރިކަމާއި އިހުލާސްތެރިކަމާއެކު ރައްޔިތުންގެ އިހުސާސްތައް ދަންނަ ރައީސާއެކު މަސައްކަތްކުރައްވާނެ ހަރުދަނާ ޓީމެއް ކަމަށެވެ.

އެހެންކަމުން ހެވާއި ލާބަ ހުރީ ކޮން ސަރުކާރެއްގައި ކޮން ވެރިއެއްގެތޯ ބެލުމަށްފަހު ކުރިމަގު ބައްޓަން ކުރުމަށް ސައީދު ވަނީ އެދިވަޑައިގެންފަ އެވެ.

ދަރިންގެ ދަރިންގެ މުސްތަގުބަލު ބިނާކުރަން އެމްޑީޕީގެ ވެރިކަމެއް ކޮންމެހެންވެސް ގެންނަންޖެހޭކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ދިރިއުޅެމުންދަނީ އުދަނގޫ ތަކުލީފު ބޮޑު މާހައުލުތަކުގައި ކަމަށާއި އެ ތަކުލީފުތަކަށް ފާއިތުވި 40 އަހަރުވެސް އޮތީ ތަސައްލީއެއް ނުލިބި ކަމަށެވެ.

އެހެންނަމަވެސް އެ ތަކުލީފުތަށް ނިމުމަކަށް ގެނައީ އެމްޑީޕީގެ މި ވެރިކަމުގައި ކަމަށާއި އެމްޑީޕީގެ ކޮންމެ ސަރުކާރަކީ ވެސް އޯގާތެރި އިހުލާސްތެރި ވެރިކަމެއް ކުރުމަށް އަންނަ ސަރުކާރެއް ކަމަށް ސައީދު ވިދާޅުވި އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.