މޫނުބުރުގާ އަޅާ މީހުންނަށް ފެނަކަ ކޯޕަރޭޝަނުގައި ވަޒީފާ އަދާކުރެވޭނެ: އެމްޑީ

މޫނު ބުރުގާ އަޅާ މީހުންނަށް ފެނަކަ ކޯޕަރޭޝަނުގައި ވަޒީފާ އަދާކުރެވޭނެ ކަމަށާއި އެކަމަށް ކުންފުނީގެ ހުއްދައެއް ނަގަން ނުޖެހޭނެ ކަމަށް އެކުންފުނީން ވިދާޅުވެއްޖެއެވެ.

މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު އާފަތިހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އެކުންފުނީގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން މޫނުބުރުގާ އަޅައިގެން އޮފީހަށް އައުމަށް އެއްވެސް ހުރަހެއްނެތް ކަމަށެވެ. "މޫނުބުރުގާ އަޅަން ކުންފުނިން ހުއްދަ ނަގާކަށް ނުޖެހޭނެ. މޫނު ބުރުގާ އެޅުމަކީ މި ކުންފުނީގައި ވަޒީފާ އަދާ ނުކުރެވޭނެ ސަބަބެއްނޫން،" އެމްޑީ ވިދާޅުވިއެވެ.

ސަޢީދު މިހެން ވިދާޅުވީ ރަށެއްގައި ހިންގާ އެކުންފުނީގެ އޮފީހެއްގައި މަސައްކަތް ކުރާ މޫނުބުރުގާ އެޅި މީހަކަށް އޮފީހަށް ނުކުމެވޭނީ ކުންފުނީގެ ހުއްދައެއް ލިބިގެން ކަމަށް އެ ބުރާންޗުން އެ މުވައްޒަފަށް އެންގުމުން އެކަމާ ބެހޭގޮތުން އާފަތިހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެމްޑީ ސަޢީދު ވިދާޅުވީ އެކުންފުނީގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކަށް އެ ޒާތުގެ އެއްވެސް ހުރަހެއް ނުވަތަ ދަތިކަމެއް ނޯންނާނެ ކަމަށެވެ. މޫނު ބުރުގާ އެޅުމަކީ އެމީހެއްގެ އަމިއްލަ ކަމެއް ކަމަށާއި އެކަން ނުކުރުމަށް ކުންފުނިން ނާންގާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.