ރައީސް އާއި އެމްޑީޕީން ވެފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރުގެ ހުރިހާ ވުޒާރާއަކުން ގަދަ އަޅާ މަސައްކަތް ކުރޭ: މިނިސްޓަރ އަސްލަމް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސުލްޖުމްހޫރިއްޔާ ވެސް އަދި އެމްޑީޕީން ވެސް ވެފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރުގެ ހުރިހާ ވުޒާރާއަކުން ގަދަ އަޅާ މަސައްކަތް ކުރަމުންދާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެވަޑައިގެންފައިވާ ވައުދުފުޅުގައި ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ވައުދުފުޅުތައް ފުއްދަވައިދެއްވުމުގެ ޔަގީންކަން ދެއްވުމާ ބެހޭގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނސްޓަރ ވިދާޅުވީ މިނިސްޓަރު އަސްލަމްގެ ވުޒާރާއިންނާއި ދައުލަތުގެ އެހެނިހެން ވުޒާރާތަކުން ވެސް ވައުދުތައް ފުއްދަމުންދާކަމީ ޝައްކު އުފެދޭ ކަމެއް ނޫން ކަމަށެވެ.

"އެކަމަކު ރާއްޖޭގޭ މާލީ ހާލަތާއި ދުނިޔޭގެ އިގުތިސާދަށް އަންނަމުންދާ ބަދަލުތަކާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިއުމާ ގުޅިގެން ދުނިޔޭގެ މަސްރަހަށް އަންނަމުންދާ ބަދަލާ ގުޅިގެން މިވަގުތު ސަރުކާރުން ވައުދުތައް ފުއްދުމުގެ ސްޕީޑް މަޑުޖައްސާލުމަކީ މުހިންމު ކަމެއް." މިނިސްޓަރ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.