2022 ގައި ރާއްޖޭގައި ބޯހިމަނަނީ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދެހާސް ބާވީސް ވަނަ އަހަރު ރާއްޖޭގައި ބޯހިމުނުން ކުރިއަށް ގެންދެވުމަށް ނިންމަވައިފައިވާކަމަށް ޕްލޭނިން މިނިސްޓަަަަަަަަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްލަމް މިކަން އިޢުލާން ކުރެއްވީ ދުނިޔޭގެ ތަފާސްހިސާބު ދުވަހާ ގުޅިގެން މިއަދު އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައެވެ. 2022 ވަނަ އަހަރު ބޯހިމަނުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާކަމަށް ވެސް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. އަދި މި ބޯހިމެނުން ފުރިހަމަ ވާނީ ރާއްޖޭގެ އެންމެންގެ ވެސް ބައިވެރިވުމާއެކުގައި ކަން ފާހަގަ ކުރައްވައި  އެކަމަށް އެއްބާރުލުން ދެއްވުމަށް ރައްޔިތުންގެ ކިބައިން އެދި ވަޑައިގެންނެވިއެވެ.

2022 ވަނަ އަހަރުގެ ބޯހިމެނުމާ ގުޅުވައިގެން "ކައުންޓް މީ އިން" ގެ ނަމުގައި މިއަދުގެ ރަސްމިއްޔާތުގައި ވަނީ ލަވައެއް ވެސް އާމްމު ކުރައްވައިފައެވެ. 2022 ބޯހިމެނުން ފުރިހަމަ ކުރުމަށް ރާއްޖޭގެ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ދިނުމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކުން ވެސް  އެދިވަޑައިގެންނެވިއެވެ.

އެންމެ ފަހުން ބޯހިމެނީ 2014 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ ރާއްޖޭގެ ބޮހިމަނައިފައި ވަނީ 1011 ވަނަ އަހަރުއެވެ. 

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.