ފުވައްމުލައްސިޓީ ބަނދަރު ސަރަހައްދުގައި ތެޔޮ ހުސްކުރި ޓޭންކެއްގައި ރޯވެ، ބިދޭސީއަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

ފުވައްމުލައްސިޓީ ބަނދަރު ސަރަހައްދުގައި ތެޔޮ ހުސްކުރި ޓޭންކެއްގައި ރޯވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގައި އެކަކަށް ސީރިއަސް ޒަޚަމްތަކެއްވެފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގާފައިވަނީ ގޭސް ކަޓަރެއް ބޭނުންކޮށްގެން މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ކަމަށާއި އެއީ ބާދަގަނޑު ގަންނަ ބަޔަކު އެ ޓޭންކް ކެފުމަށް ކުރި މަސައްކަތެއް ކަމަށް އެ އިދާރާއިން ބުނެއެވެ.

މި ހާދިސާގައި އެ މަސައްކަތް ކުރަން އުޅުނު ބަންގްލަދޭޝްގެ މީހަކަށް އަނިޔާތަކެއް ލިބިފައިވާއިރު، އެ މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އެ މީހާގެ ހާލު ސީރިއަސް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ވަނީ ރޯވި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށްފަ އެވެ.

ފުވައްމުލަކު ބަނދަރުގެ އެ ސަރަހައްދަކީ އިތުރު ޕެޓްރޭލް ޝެޑްތައް ވެސް ހުންނަ ސަރަހައްދެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.