ދަތުރުކުރަމުންދިޔަ ސަފާރީއެއްގައި އަލިފާން ރޯވެ، ސަފާރީ އަޑިއަށް ހިނގައްޖެ

ފޮޓޯ: އެމްއެންޑީއެފް

ދަތުރުކުރަމުންދިޔަ ސަފާރީއެއްގައި އަލިފާން ރޯވެ، ސަފާރީ އަޑިއަށް ހިނގައްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ މިއީ ފަތުރުވެރިން ގޮވައިގެން ދަތުރުކުރަމުންދިޔަ ސަފާރީއެއް ކަމަށެވެ. އަދި އެ ސާފާރީގައި ތިން ފަތުރުވެރިއަކާއި ހަ ފަޅުވެރިން ތިބި ކަމަށެވެ.

"އަވި" ނަމަކަށްކިޔާ ސަފާރީގައި ރޯވެ އަނދަމުންދިޔަ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ކޯސްޓްގާޑުން ހަރަކާތްތެރިވި ކަމަށާއި ކ. ގާފަރާ ދިމާ ބޭރުން ދަތުރުކުރަމުންދިޔަ އެ ސަފާރީގައި އެ ހާދިސާ ހިނގީ ރޭ 22:51 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ރޯވި ސަފާރީ ވަނީ މިހާރު އެއްކޮށް އަޑިޔަށް ގޮސްފައި ކަމަށާއި ކޯސްޓްގާޑު ހާބަރ ކްރާފްޓާއި ފަޔަރ ލޯންޗު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.

މީގެ އިތުރުން ސަފާރީ އުޅަނދުގެ ކްރޫއިންނާއި ފަސެންޖަރުން ތިބީ ސަފާރީގެ ޑައިވިންގ ދޯނީގައި ކަމަށާއި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ބުންޏެވެ. އަދި ކޯސްޓްގާޑްގެ ސީއެމްބިއުލާސްގެ އެހީތެރިކަމާއިއެކު  މާލެއަތޮޅު ގާފަރަށް އެމީހުން ގެންގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.