ހިތާދޫ އައު އިންޖީނުގެއިންދެން ގެދަބުޅީއެއް ނާރާނެ

ބ. ހިތާދޫ އައު އިންޖީނުގެއިން ރައްޔިތުންނަށް ޚިދުމަތް ދޭން ފަށައިފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ ބ. ހިތާދޫގައި 28 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލާފައިވާ ކަމަށެވެ. އަދި މުޅިން އައު އިންޖީނު ގެއަކުން ރައްޔިތުންނަށް ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ.

އެކުންފުނިން ބުނީ ރަށްރަށުގައި އަލަށް އިމާރާތްކުރަމުންގެންދާ ޒަމާނީ ފެންވަރުގެ އިންޖީނުގެތަކުގައި ރަނގަޅު ފެންވަރުގެ އޮފީސް އިމާރާތްތަކާއި، ރައްކާތެރިކަމާއެކު ތެޔޮ ރައްކާކުރެވޭނެ ނިޒާމެއް ގާއިމުކޮށް ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށްޓަކައި އިންޖީނުގެތަކުން ދުން ބޭރުކުރުމަށް ދުންހޮޅި ނުވަތަ ޗިމްނީތަކެއް ހަދާފައިވާނެ ކަމަށެވެ.

އެގޮތުން އައު އިންޖީނުގެތައް ހުޅުވާއިރު ރަށްރަށުގެ ކަރަންޓް ނެޓްވޯކް އަޕްގްރޭޑްކުރެވި، މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން 70 ޑެސިބެލް އަށް ވުރެ މަތިނުވާނެހެން ސައުންޓް އެޓެނުއޭޓަރު ފަދަ ޒަމާނީ ވަސީލަތްތަކުގެ އެހީގައި އިންޖީނުގެއިން އުފައްދާ އަޑު މަޑުވެގެންދާނެ ކަމަށްވެސް ފެނަކައިން ބުނެއެވެ.

އެ ކޯޕަރޭޝަނުން މިކަން ހާމަކޮށްފައިވާއިރު، ފެނަކައިގެ މަސައްކަތްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުއްޓުމެއްނެތި ދަނީ ކުރިއަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.