އުލިގަމުގައި އިންޖީނުގެއެއް އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި

ހއ. އުލިގަމުގައި އަލަށް ޢިމަރާތްކުރާ އިންޖީނުގޭގެ މަސައްކަތް ބަޔަކާ ޙަވާލުކޮށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އެއްބސްވުމުގައި 2 އެލް ކޮންސްޓަރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

މި އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދެވެ. 2 އެލް ކޮންސްޓްރަކްޝަން ކުންފުނިން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޢަލީ އިބްރާހީމް ރަޝީދެވެ.

އެމަސައްކަތް ނިންމަން އެކުންފުނިން ހުށަހަޅާފައިވާ މުއްދަތަކީ 170 ދުވަހެވެ. 2 އެލް ކޮންސްޓްރަކްޝަނާ މި މަސައްކަތް ޙަވާލު ކޮށްފައިވަނީ ފަސްމިލިއަން ފަސް ލައްކަ ނުވަދިހަ ނުވަހާސް ހަތަރު ސަތޭކަ ފަންސާސް ހަތަރެއް ޕޮއިންޓް އެކެއް ސުމެއް ރުފިޔާއަށެވެ.

މި މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރުމަހުގެ 13 ވަނަ ދުވަހުއެވެ. މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވިފައިވަނީ އަންނަ އަހަރުގެ މެއި މަހުގެ އެކެއްގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.