މިއަހަރުގެ އޭޕްރިލް މަހު ރާއްޖެއަށް މުދާ އެތެރެކުރި އިންސައްތަ އިތުރުވެއްޖެ  

މިދިޔަ އަހަރުގެ އޭޕްރިލް މަހަށްވުރެ މިއަހަރުގެ އޭޕްރިލް މަހު ރާއްޖެއަށް މުދާނއެތެރެކުރި އިންސައްތަ އިތުރުވެއްޖެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސް ހިސާބުން ދައްކާގޮތުގައި ފާއިތުވި އޭޕްރިލް މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ ސީ.އައި.އެފް އަގު 2021 ވަނަ އަހަރުގެ އޭޕްރިލް މަހާ އަޅާބަލާއިރު 63 އިންސައްތަ ވަނީ އިތުރުވެފައެވެ.

2021 ވަނަ އަހަރުގެ އޭޕްރިލް މަހު ރާއްޖެއަށް 2.9 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އޭޕްރިލް މަހު މި ޢަދަދުވަނީ 4.7 ބިލިއަން ރުފިޔާ އަށް އިތުރުވެފައި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މީގެއިތުރުން ފާއިތުވި އޭޕްރިލް މަހު ދައުލަތަށް ލިބުނު އާމްދަނީ ވެސް 2021 ވަނަ އަހަރުގެ އޭޕްރިލް މަހާ އަޅާބަލާއިރު 37 އިންސައްތަ އިތުރުވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ. އަދި 2021 ވަނަ އަހަރުގެ އޭޕްރިލް މަހު 265 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޭޕްރިލް މަހު މި ޢަދަދު 362 މިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ އަދި ޔޫ.އޭ.އީ އެވެ. އޮމާނުން 1.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 655 މިލިއަން ރުފިޔާގެ މުދާ މުދާ ވަނީ އެތެރެކޮށްފައެވެ.  އަދި ޔޫ.އޭ.އީ އިން 534 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.