ކަސްޓަމްސްގެ އޮފިސަރުންނަށް އަމާޒުކޮށްގެން "އޯ.ޑީ.އެސް ޓްރެއިނިންގް ޕްރޮގްރާމް" ހިންގައިފި

ފޮޓޯ: މޯލްޑިވްސް ކަސްޓަމްސް ސަރވިސެސް

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ގުޅިގެން، ކަސްޓަމްސްގެ އޮފިސަރުންނަށް އަމާޒުކޮށްގެން ހިންގި "އޯ.ޑީ.އެސް ޓްރެއިނިންގް ޕްރޮގްރާމް" ނިމި، ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. ކަސްޓަމްސް ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޓްރެއިނިންގް ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކަށް ސެޓްފިކެޓްތައް ހަވާލުކޮށް ދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އެންވަޔަރަންމަންޓް ޑރ. އަބްދުﷲ ނަސީރްއެވެ.

  މިޓްރޭނިންގް ޕްރޮގްރާމްގައި ދިވެހި ރާއްޖެއިން މޮންޓްރިއަލް ޕްރޮޓޮކޯލްގައި ބަޔާން ކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށް ދިވެހިރާއްޖޭގައި ތަސްދީގު ކުރުމާއި ބެހޭ ގޮތުން މަޢުލޫމާތު ދެވުނެވެ. މީގެ އިތުރުން އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތަކާ އަދި އެފަދަ ތަކެތި އެތެރެކުރުން ކޮންޓްރޯލް ކުރުމުގައި އެންފޯސްމަންޓް އޮފިސަރުންގެ ޒިންމާގެ މައްޗަށްވެސް އަލިއަޅުވާލިއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ކޮންރޯލް ކޮށްފައިވާ ނުވަތަ މަނާކޮށްފައިވާ އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް އެތެރެކުރުމުގައި ގެންގުޅެންޖެހޭ އުސޫލުތަކަށް ކަސްޓަމްސް އޮފިސަރުން އަހުލުވެރިކޮށް ތަމްރީން ކުރުމުވެ. މިއަދުގެ ޓްރޭނިންގ ޕްރޮގްރާމްގައި 30 ކަސްޓަމް އޮފިސަރުން ބައިވެރިވިއެވެ.

މިޓްރެއިނިންގ ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން، ބައިނަލްއަގްވާމީ މުއާހަދާތައް ތަންފީޒުކުރުމުގައި ކަސްޓަމްސް އޮފިސަރުންގެ ދައުރު މިނިސްޓަރ އޮފް ސްޓޭޓް ފޯ އެންވަޔަރަންމަންޓް ޑރ. އަބްދުﷲ ނަސީރު ވަނީ ފާހަގަކޮށް، ކަސްޓަމްސް އޮފިސަރުންނަށް ޝުކުރު އަދާކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.