ޓީޗަރުންގެ ތެރެއިން މުސާރައަށް އެންމެ ބޮޑު ބަދަލެއް އަންނާނީ ރޭންކު 2 ގެ ޓީޗަރުންނަށް

ޓީޗަރުންގެ ތެރެއިން މުސާރައަށް އެންމެ ބޮޑު ބަދަލެއް އަންނާނީ ރޭންކު 2 ގެ ޓީޗަރުންނަށް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޓީޗަރުންގެ މުސާރައަށް ގެނެސްފައިވާ ބަދަލާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ މިހާރު 12398 ރުފިޔާގެ މުސާރައެއް ލިބޭ ޓީޗަރުންނަށް ބަދަލާއެކު 19467 ރުފިޔާގެ މުސާރައެއް ލިބޭނެ ކަމަށާއި މިއީ 50 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. އަދި އެންމެ ދަށް ރޭންކުގެ ޓީޗަރަށް މުސާރައިގެ ގޮތުގައި ކުރިން 10889 ރުފިޔާ ލިބޭއިރު، މިހާރު މުސާރަ ވަނީ 22 އިންސައްތައަށް އިތުރުކޮށް، 13266 ރުފިޔާއަށް ބޮޑުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ އަމީރު ވިދާޅުވީ އެންމެ މަތީ ރޭންކު ކަމުގައިވާ ރޭންކު ފަހެއް އިންސައްތައިގެ ޓީޗަރަކަށް މުސާރައިގެ ގޮތުގައި 25958 ރުފިޔާ ލިބޭނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސްކޫލް ޓީޗަރސްއަށް އެޑިޝަކަލް ފިސްކަލް އިމްޕެކްޓެއްގެގޮތުގައި އަހަރަކަށް 408 މިލިއަން ރުފިޔާ އާއި އައު ޕޭ ފްރޭމްއާއި އެއްކޮށް، ލީޑިންގ ޓީޗަރސްއަށް އެލަވަންސްގެ ގޮތުގައި 2000ރ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.