ރޯދަ މަޖާ: ވަޒީފާއިން ވަކިކުރުން

މިލިއަނަރު ފިރިމީހާ

ޙައްވައާއި މަރިޔަމަކީ ދެ އެކުވެރިންނެވެ. ވަރަށް ގިނަ ދުވަހަށް ފަހު ދެމީހުން ބައްދަލުވެއްޖެއެވެ.

ޙައްވަ އަހައިލިއެވެ. "ކަލޭ މިލިއަނަރަކާ އިން ވާހަކަ އަޑުއެހިން. އެއީ ތެދެއްތަ؟"

މަރިޔަމް ބުންޏެވެ. "ތެދެއް. އެކަމަކު އޭނާ މިލިއަނަރަކަށް ހެދީ އަހަރެން. އަހަރެން އިން އިރަކު އެއީ މިލިއަނަރެއް ނޫން."

ޙައްވަ އަހައިލިއެވެ. "އިން އިރު ވަރަށް ފަގީރުތަ؟"

މަރިޔަމް ބުންޏެވެ. "ނޫނޭ. އިން އިރު އޭނާއަކީ ބިލިއަނަރެއް."

ވަޒީފާއިން ވަކިކުރުން

ފިރިމީހާ: ފާތުމަ ވަޒީފާއިން ވަކިކުރީ ކީއްވެގެން؟

އަނބިމީހާ: އެއްވެސް ކަމެއް ވެގެންނެއް ނޫން.

ފިރިމީހާ: އޭނާއަކީ އިތުބާރު ކުރެވޭ ވަރުގެ މީހަކަށް ނުވަނީތަ؟

އަނބިމީހާ: ނޫނޭ. އަހަރެން އޭނާއަށް ވަރަށް ބޮޑަށް އިތުބާރުކުރަން. އަހަރެން އިތުބާރު ނުކުރަނީ އަހަރެންގެ ފިރިމީހާއަށް.

ކީއްކުރަން؟

ޞަދަމުގެ ދެމަފިރިން ދިވެހިރާއްޖެއާއި އިންޑިއާ ކުޅުނު ފުޓުބޯޅަ މެޗެއް ބަލަން ގަލޮޅު ދަނޑަށް ވަދެއްޖެއެވެ. އަނބިމީހާއަކީ ފުޓުބޯޅައަށް މާ ފޯރި ހުންނަ މީހެއް ނޫނެވެ. އެހެންވީމާ ހިމޭނުން އިނީއެވެ. ޞަމަދު ވަރަށް ޖޯޝާއެކު ހަޅޭއް ލަވަމުން ގެންދިޔައެވެ.

ކުއްލިއަކަށް ދިވެހިރާއްޖެއިން ލަނޑެއް ޖަހައިފިއެވެ. ޞަމަދު ވަރަށް ބާރަށް ހަޅޭއް ލަވައިގެންފައި އަތްތިލަބަޑި ޖަހަން ފަށައިފިއެވެ. މުޅި ދަނޑު އުތުރިއަރައިގެންފިއެވެ.

އަނބިމީހާ އަހައިފިއެވެ. "ކިހިނެއްވީ؟"

ޞަމަދު ބުންޏެވެ. "ދަގަނޑޭ ވަރަށް ރީތި ލަނޑެއް ޖަހައިފި."

އަނބިމީހާ ބުންޏެވެ. "އެއީ އެވަރުގެ ކަމެއްތަ؟ އޭނާ ލައްވައި ކުޅުވަނީ ލަނޑު ޖަހާކަށްނު؟"

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.