ރޯދަމަޖާ: ފާތުމަގެ ސޮއި

ބުއްދިވެރީ ކާކު؟

ދިވެއްސަކާއި އިންޑިއާ މީހަކާ ދެ މީހުން މަތިންދާ ބޯޓުގައި ތިބީ ޖެހިޖެހިގެން ހުރި ދެ ގޮނޑީގައެވެ. ދެ މީހުން ވާހަކަ ދައްކަމުން ގޮސް ކޮންމެ މީހަކުވެސް އެ މީހެއްގެ ޤައުމުގެ މީހުންގެ މޮޅުކަމުގެ ވާހަކަ ފަށައިފި އެވެ. ދެ މީހުން ކުރެ ކޮންމެ މީހަކު ވެސް ބުނަނީ ދުނިޔޭގެ އެންމެ ބުއްިވެރި މީހުނ އުޅެނީ އެ މީހެއްގެ ޤައުމުގައި ކަމަށެވެ. އެންމެ ފަހުން އިންޑިއާ މީހާ ބުނެފިއެވެ.

"އެންމެ ރަނގަޅު- ދެ މީހުން ކުރެ ބުއްދިވެރީ ކާކުތޯ ބަލަމާ ހިނގާ-

ދިވެހިމީހާ އަހައިލިއެވެ. "އެކަން ބަލާނީ ކިހިނެއް-؟"

އިންޑިއާ މީހާ ބުންޏެވެ. "އަހަރެން ކަލެއާ ސުވާލެއް ކުރާނަން- ކަލެއަށް ރަނގަޅު ޖަވާބު ނުދެވިއްޖެއްޔާ އަހަންނަށް ފަންސާސް ރުފިޔާ ދޭން ވާނެ- އޭގެ ފަހުން ކަލޭ އަހަންނާ ސުވާލެއް ކުރޭ- އަހަންނަށް ރަނގަޅު ޖަވާބު ނުދެވިއްޖެއްޔާ އަހަރެން ކަލެއަށް ފަސް ހާސް ރުފިޔާ ދޭނަން-"

ދިވެހިމީހާ ބުންޏެވެ. "އެންމެ ރަނގަޅު- ކަލޭ ފުރަތަމަ ސުވާލު ކުރޭ-"

އިންޑިއާ މީހާ ސުވާލު ކުރިއެވެ. "ހަނދާއި ބިމާ ދޭތެރޭގައި ހުންނަނީ ކިހައި ދުރުމިނެއް-؟"

ދިވެހިމީހާ އަނގައިންވެސް ނުބުނެ އިރުކޮޅަކު ހުރެފައި ޖީބުން ފަންސާސް ރުފިޔާ ނަގައި އިންޑިއާ މީހާ އަށް ދީފި އެވެ.

އިންޑިއާ މީހާ މޭގައި އަތުން ޖަހާލާފައި ބުންޏެވެ. "އަހަރެން ބުނީމެއްނު-؟? އިންޑިއާ މީހުންހައި ބުއްދިވެރި، ވިސްނުން ތޫނު ބަޔަކު މި ދުނިޔެއަކު ނޫޅޭނެ- ދެން ކަލޭ ސުވާލު ކުރޭ-"

ދިވެހިމީހާ ސުވާލު ކޮށްލިއެވެ. "މައްޗަށް އަރައިގެން ދިޔަ އިރު ތިން ފައި ހުރި- ތިރިއަށް ފޭބި އިރު ހުރީ ހަތަރު ފައި- އެއީ ކޮން އެއްޗެއް-؟"

އިންޑިއާ މީހާ ވިސްނަން ފަށައިފި އެވެ. ބައިގަޑި އިރު ވިސްނި އިރުވެސް ޖަވާބެއް ނޭނގުނެވެ. އޭނާ ބޯޓުގައި ތިބި މީސްމީހުންގެ ކައިރިއަށް ގޮސް އަހައި އޮޅުން ފިލުވަން މަސައްކަތް ކުރިއެވެ. އެއްވެސް މީހަކަށް ޖަވާބެއް ނޭނގުނެވެ. އެންމެ ފަހުން އިންޓަރނެޓުން ޖަވާބު ފެނޭތޯ ބަލައިފި އެވެ. ނުފެނުނެވެ. އޭނާ މަތިންދާ ބޯޓު ތެރޭގައި އެކަކު ކައިރިން އަނެކަކު ކައިރިން ހިނގާފައި އެނބުރި އައިސް ދިވެހިމީހާއަށް ފަސް ހާސް ރުފިޔާ ދީފިއެވެ.

އިރުކޮޅަކުން ދިވެހިިމީހާ ނިދައިފިއެވެ. އިންޑިއާ މީހާ އޭރުވެސް ވިސްނަނީއެވެ. އިރުކޮޅަކު ވިސްނަން ހުރެފައި ދިވެހިމީހާއަށް ގޮވާލާފައި އަހައިލިއެވެ.

އެންމެ ރަނގަޅު- އަހަންނަކަށް ޖަވާބެއް ނޭނގުނެއްނު-؟ ދެން ކަލޭ އެ ސުވާލުގެ ޖަވާބު ދީބަލަ-"

ދިވެހި މީހާ މަޑު މަޑުން ޖީބުން ފަންސާސް ރުފިޔާ ނަގައި އިންޑިއާ މީހާ އަތަށް ދީފައި އަނެއްކާވެސް ނިދައިފި އެވެ.

ގޭގައި ފެންބޮޑު ވެއްޖެ

ސުނާމީ އަރައިގެން އުޅުނު ދުވަހު މީހަކު އޭނާގެ ރަޙްމަތްތެރިއަކަށް ފޯނު ކޮށްފައި ބުންޏެވެ.

"ރަޙްމަތްތެރިޔާ- އަހަރެމެންނަށް އެހީތެރިކަމެއް ލިބޭނޭ ގޮތެއް ނިކަން އަވަހަށް ހަދައިދީބަލަ- މިހާރު މި ގޭގައި ތިން ފޫޓަށް ފެން ބޮޑު ވެއްޖެ-"

ރަޙްމަތްތެރިޔާ ބުންޏެވެ. "މާ ބޮޑަށް ހާސް ނުވޭ- ފެން ބޮޑުވީ އެންމެ ތިން ފޫޓަކަށްނު-؟ އެއީ އަދި މާ ބޮޑު ވަރެއް ނޫން- ބަޔަކު ނުދިޔަޔަސް އަމިއްލަ އަށް ވެސް ތިޔަ ފެންގަނޑު ހިއްކާލެވިދާނެއެއްނު-؟"

އެ މީހާ ބުންޏެވެ.

"ތިޔަކަން އެނގެޔޭ- އެކަމަކު ބުނަންތަ-؟? އަހަރެންގެ ގެ މި ހުންނަނީ މި ޢިމާރާތުގެ ނުވަ ވަނަ ބުރީގައޭ-!"

ފާތުމަގެ ސޮއި

އަންހެނަކު ބޭންކަށް ގޮސް ކައުންޓަރުގައި އިން ކުއްޖާގެ އަތަށް ޗެކެއް ދީފިއެވެ. އެ ޗެކުގައި ޢަދަދު ޖަހާފައި އޮތް ނަމަވެސް ސޮއި ކޮށްފައެއް ނެތެވެ. އެހެންވީމާ އެ ކުއްޖާ ޗެކު އަނބުރާ ދީފައި ބުނެފިއެވެ. "މީގައި ސޮއި ކޮށްލާ- ފައިސާ ދޫކުރެވޭނީ އޭރުން-"

އަންހެންމީހާ ބުންޏެވެ. "އަހަރެން ދުވަހަކުވެސް ޗެކެއްގައި ސޮއެއް ނުކުރަން- އެއީ ކިހިނެއް ކުރާ ކަމެއް-؟"

އެ ކުއްޖާ އަހައިލިއެވެ. "ފިރިމީހާއަށް ސިޓީ ލިޔަންތަ-؟"

އެ މީހާ އާނއެކޭ ބުނީމާ އެ ކުއްޖާ ބުނެލިއެވެ. "އެހެން ވެއްޖެއްޔާ ފިރިމީހާއަށް ލިޔާ ސިޓީ ނިންމާފައި އެންމެ ފަހުން އެ ކުރަހާ ކުރެހުން މިތާނގައި ކުރަހާލާ-"

އަންހެންމީހާ ޗެކް އަތުލައިގެން އެ ކުއްޖާ އެ ބުނި ގޮތަށް ހަދާފައި އަނބުރާ ދީފިއެވެ. އެ ކުއްޖާ ބަލާލި އިރު ޗެކުގެ ސޮއި ކުރާ ތާނގައި ލިޔެފައި އޮތެވެ.

"ލޯބިވާ ފާތުމަ..."

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.