އިނާމު
ޓްރެފިކް ފުލުހަކު ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ހުއްޓުވައިފިއެވެ. ކާރު ދުއްވަން އިނީ ޒުވާން ފިރިހެނެކެވެ. ފުލުހުމީހާ އެ ޒުވާނާ ގާތު ބުންޏެވެ.
"ޓްރެފިކް ފުލުހުންގެ ފަރާތުން ދޭ ޚާއްސަ އިނާމެއް އެބައޮތެވެ."
ޒުވާނާ ހައިރާންވެފައި އަހައިފިއެވެ. "އެއީ ކީއްވެގެން ދެއްވާ އިނާމެއްތޯއެވެ؟"
ފުލުހުމީހާ ބުންޏެވެ. "އަހަރެމެން ބަލަމުންގެންދާތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެއެވެ. ދުވަހަކުވެސް ދުއްވަން އޮންނަ ބާރުމިނަށްވުރެ ބާރަށް ދުއްވިކަން ފާހަގައެއް ނުކުރެވެއެވެ. މިއީ އެހެންވީމާ ދޭ އިނާމެކެވެ."
ޒުވާނާ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައި އިނާމު އަތުލައިފިއެވެ. އެއީ އެއްހާސް ރުފިޔާއެވެ.
ފުލުހުމީހާ އަހައިފިއެވެ. "ތިޔަ ފައިސާއިން ކުރާނީ ކޮން ކަމެއް ހެއްޔެވެ؟"
ޒުވާނާ ބުންޏެވެ. "އެންމެ ފުރަތަމަ ކުރާނެ ކަމަކީ އެއްގަމު ދުއްވާ އެއްޗެހި ދުއްވުމުގެ ލައިސަންސް ހެއްދުމެވެ."
ނުބައި އަންހެނުން
ޕާޓީއެއްގެ ތެރޭގައި ވާހަކަދައްކަމުން ފިރިހެނަކު ބުންޏެވެ. "އަންހެނުންނަކީ ވަރަށް ވިޔާނުދާ ބައެކެވެ."
އެތާނގައި އިން އަންހެނަކު ބުންޏެވެ. "އަންހެނުން ހެއްދެވީ ފިރިހެނުންގެ އަރިކަށީގެ ކަށިގަނޑަކުންނެވެ. ފިރިހެނުންގެ އެންމެ ކަށިގަނޑެއް އެހައި ނުލަފާއިރު މުޅި ހަށިގަނޑު ކިހައިވަރެއް ވާނެ ހެއްޔެވެ؟"