މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ މެއި 2 ވާ ހޯމަ ދުވަސް

މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ މެއި 2 ވާ ހޯމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އެގޮތަށް ނިންމީ މިއަހަރުގެ ފިތުރު ޢީދުގެ ހަނދު ސާބިތު ކުރުމަށް ބޭއްވި ޚާއްސަ ޖަލްސާގައެވެ.

އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ޖަލްސާގައި ހަނދާ ބެހޭ ބަޔާން އިއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މިއަދު އިރުއޮއްސުނު އިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށް ވެސް 1443 ވަނަ އަހަރުގެ ޝައްވާލް މަހުގެ ހަނދު ފެންމަތި ނުވާކަން އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.