ކަންފަތް
ބަލިމީހާ: އަޅުގަނޑު އިސްތިރި ކުރަން ހުއްޓައި ފޯނެއް އައީމާ އިސްތިރި ކަންފަތުގައި ޖައްސައިލެވުނީ.
ޑަކްޓަރު: މިހާރު އެއް ކަންފަތަށް ވީ ގޮތް އެނގިއްޖެ. އަނެއް ކަންފަތް ފިހިފައި މިހިރީ ކީއްވެގެން؟
ބަލިމީހާ: އަޅުގަނޑު އަވަހަށް އެމްބިއުލަންސަށް ފޯނު ކޮށްލަން އުޅުނީ.
އަނބިދެކެ ބިރުގަތުން
ޢީދު ސަލާންކުރަން ދާ މީހުންނަށްޓަކައި ޚާއްސަ ކޮށްފައި ހުރި ހަރުގެއެކެވެ. އެތަނަށް ދާ ފިރިހެނުންނަށް އަންގާފައި އޮތީ ދެ ސަފު ހަދާށެވެ. އެއް ސަފުގައި ތިބެން ވާނީ އަނބިމީހާ ދެކެ ބިރު ގަންނަ މީހުންނެވެ. އަނެއް ސަފުގައި ތިބެން ވާނީ އަނބިމީހާ އެ މީހަކު ދެކެ ބިރު ގަންނަ ފިރިހެނުންނެވެ.
އެކަކު ފިޔަވައި ހުރިހައި މީހުން ގޮސް ތިބީ އަނބިމީހާ ދެކެ ބިރުގަންނަ މީހުންނަށް ޚާއްސަ ސަފުގައެވެ. އިންތިޒާމު ކުރާ މީހަކަށް މިތަން ފެނިގެން ގޮސް އެކަނި ހުރި މީހާ ކުރެން އަހައިފިއެވެ. "ކަލޭ އެކަނި މި ސަފުގައި ހުރީ ކީއްވެގެން؟ ކަލޭ އަނބިމީހާ ދެކެ ބިރު ނުގަންނަނީތަ؟"
އެމީހާ ބުންޏެވެ. "އަޅުގަނޑަކަށް ތިޔައެއް ނޭނގޭ. އަޅުގަނޑުގެ އަނބިމީހާ ބުނީ އެމީހުން އެތިބަ ސަފަށް ހިނގައްޖެއްޔާ ތަޅައިމަރާނަމޭ."