ރޯދަ މަޖާ: ވާވުން

އުންޑަ

ހަތަރު މޮޔައިން ހިނގާފައި ދަނިކޮށް ބަޑިއެއް ޖެހި އަޑު އިވިއްޖެއެވެ. އެކަކު އޭނާޔާ ޖެހިގެން ހުރި މީހާ ކުރެން އަހައިފިއެވެ. "ވަޒަން އެރީ ކަލޭގެ ގަޔަށްތަ؟"

އޭނާ ނޫނެކޭ ބުނީމާ ދެވަނަ މީހާ ކުރެން އަހައިފިއެވެ. އޭނާ ނޫނެކޭ ބުނީމާ ތިންވަނަ މީހާޔާވެސް އެ ސުވާލުކޮށްފިއެވެ. އޭނާ ނޫނެކޭ ބުނީމާ ބިންމައްޗަށް ވެއްޓިގެންފައި ބުނެފިއެވެ. "އެހެންވެއްޖެއްޔާ ވަޒަން އެރީ މަގޭ ގަޔަށްތާ!"

ވާވުން

ޢަލީ އެންމެ ބިރު ގަންނަނީ އޭނާ ވާވެދާނެތީއެވެ. އަބަދު ހުންނަނީ ހަށިގަނޑަށް އަންނަ ބަދަލުތައް ބަލަބަލައެވެ.

އެއް ދުވަހަު ޢަލީ ޕާޓީއަކަށް ހިނގައްޖެއެވެ. އޭނާ އިށީނދެގެން އިން ގޮނޑިއާ ޖެހިގެން ހުރި ގޮނޑީގައި އިނީ އޭނާގެ އެކުވެރިއެކެވެ. އިރުކޮޅަކު އިނދެފައި  ފައިގައި އަތުން ޖަހައިލިއެވެ. މިހެން ދެތިން ފަހަރަކު ޖަހައިލުމަށް ފަހު ބުނެފިއެވެ. "ރަޝީދު. އަހަރެންގެ ފައިގެ ވާގި ނެތިއްޖެ. ދެތިން ފަހަރު ޖަހައިލީމާވެސް އިހުސާސެއް ނުކުރެވޭ. އަވަހަށް އަހަރެން ގޮވައިގެން ޑަކްޓަރަށް ހިނގާ."

ރަޝީދު ކުޑަކޮށް ނުރުހުންވެފައި ބުންޏެވެ. "ކަލޭގެ ފަޔަކަށް އެއްވެސް ކަމެއް ނުވޭ. ތިޔަ ތަޅަނީ އަހަރެންގެ ފައިގައި."

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.