ދަރަނި މެނޭޖު ކުރެވޭނީ ދަރަނި ދެއްކޭވަރަށް ދައުލަތުގެ އާމްދަނީ އިތުރުކޮށްގެން: އަޙްމަދު ޝަރީފް

ދަރަނި މެނޭޖު ކުރެވޭނީ ދަރަނި ދެއްކޭވަރަށް ދައުލަތުގެ އާމްދަނީ އިތުރުކޮށްގެން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ (އެމްއެންޕީ) ގެ ނާއިބު ރައީސް، އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ދަރަނި އިތުރުވެ ލޯނަށް ބަރޯސާވާން ޖެހުމަކީ ރާއްޖޭގެ އިގުތިސާދަށް އޮތް ނުރައްކަލެއް ކަމަށް ވަރލްޑްބޭންކުން ބުނެފައިވާ ދަނޑިވަޅެއްގައި ޝަރީފް ވިދާޅުވީ އެއްގައުމުން ލޯނު ނަގައިގެން އެ ލޯނު އަނބުރާ ދެއްކުން ލަސްކޮށް، ޖެހިގެން އޮންނަ ގައުމުން ލޯނު ނަގައިގެން ދަރަންޏަށް އެ ފައިސާ ހޭދަ ކޮށްލުމަކީ ދަރަނި މެނޭޖު ކުރުން ނޫންކަމަށެވެ.

" ދަރަނި މެނޭޖު ކުރެވޭނީ ދަރަނި ދެއްކޭވަރަށް ދައުލަތުގެ އާމްދަނީ އިތުރުކޮށްގެން. ނަމަވެސް އެކަން ކުރާތަން ނުފެނޭ." ޝަރީފު ވަނީ ވިދާޅުވިއެވެ.

ވަރލްޑް ބޭންކުން ނެރެފައިވާ "މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓް" ގައި ވަނީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން ހުރި މިންވަރަށް އިއާދަވާނެ ކަމަށް ލަފާ ކުރެވެނީ އަންނަ އަހަރު ތެރޭގައި ކަމަށެވެ.

މި އަހަރު ރާއްޖޭގެ އިގްތިސޯދު 7.6 ޕަސެންޓުގައި ކުރިއަރާނެ ކަމަށް އެ ބޭންކުން ވަނީ ލަފާކޮށްފައެވެ. އަދި ރާއްޖޭގެ ރިއަލް ޖީޑީޕީ 10.2 ޕަސެންޓަށް ކުރިއަރާނެ ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.