އެމްއެންޕީ އަށް އިތުރު ކާމިޔާބީއެއް – އެމްޑީޕީ ބަލިކޮށް ވަންދޫ ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކޮށްފި

ފޮޓޯ: އިލެކްޝަންސް ކޮމިޝަން

 

ތ. ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެމްބަރަކު އިންތިޚާބު ކުރުމަށް މިއަދު ކުރިއަށް ގެންދިޔަ ބައި އިލެކްޝަން ގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ކުރި ހޯދައިފިއެވެ.

އެ ޕާޓީން ކުރި ހޯދީ އެމްޑީޕީ އާ ވާދަކޮށް 43 ވޯޓުގެ ތަފާތަކުންނެވެ.

މި ބައި އިލެކްޝަންގެ ވަގުތީ ނަތީޖާއަށް ބަލާއިރު، އެމްއެންޕީ އިން ވާދަކުރެއްވި ކެނޑިޑޭޓް ޚަދީޖާ މުހައްމަދަށް ލިބުނީ 132 ވޯޓެވެ. އެމްޑީޕީ އިން ވާދަކުރެއްވި ޝިރުމީނާ އަލީ އަށް ލިބުނީ 89 ވޯޓެވެ. އެއީ 43 ވޯޓުގެ ތަފާތެކެވެ.

އެމްއެންޕީން މީގެ ކުރިން ވަނީ ދެ އިންތިޚާބެއްގައި ވާދަކޮށް ނާކާމިޔާބުވެފައެވެ.

އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެ ޕާޓީން މިއަހަރުގެ ކުރީކޮޅު ވާދަ ކުރިއިރު، ދާދި ފަހުން ބޭއްވި ވިލިމާލެ ދާއިރާގެ އަންހެނުންގެ ކޮމިޓީގެ ބައި-އިލެކްޝަންގައި ވާދަކޮށް، އެ ޕާޓީގެ ކެންޑިޑޭޓް ބަލިވީ އެންމެ ވޯޓެއްގެ ތަފާތަކުންނެވެ.

އެހެންނަމަވެސް މިފަހަކަށް އައިސް އެމްއެންޕީން އަންނަނީ ކުރިހޯދަމުންނެވެ.

އަންނައަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވެސް އެމްއެންޕީން ކެނޑިޑޭޓެއް ނެރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.