ދުންޔަވީ އެދުންތަކާއި މުދަލާއި ދަރިން ގިނަވުމަށް އެދުމުގައި އިންސާނުންވަނީ އަވަދިނެތިފައެވެ. އެއީ މި އާޔަތްތަކުގައި ވާފަދައިންނެވެ. {أَلْهَاكُمُ التَّكَاثُرُ * حَتَّى زُرْتُمُ الْمَقَابِرَ} (التكاثر: 2،1) މާނައީ: {(މުދަލާއި ދަރިން( ގިނަކަމަށް އެކަކުއަނެކަކަށް ފަޚުރުވެރިވެ އުޅުން، ތިޔަބައިމީހުން (اللَّهގެ މަތިން ހަނދުމަނެއްތައި( މަޝްޣޫލުކޮށްފިއެވެ. * ތިޔަބައިމީހުން ކަށްވަޅުތަކަށް ޒިޔާރަތްކޮށްފުމަށް ދާނދެނެވެ. (އެބަހީ: މަރުވެއްޖައުމަށް ދާނދެނެވެ.)}
ކޮންމެ މީހެއްގެ ހިތުގެ އެންމެފުނުގައިވާ މި އެދުންތައް ފުރިހަމަ ނުވުމުގެ ހިތާމައާއި ކަންބޮޑުވުމުގައި މީސްތަކުންގެ ނަފުސުތައްވަނީ ބަލިކަށިވެފައެވެ. މިފަދަ ނަފުސާނީ ބަލިކަށިކަމުން ސަލާމަތްވުމުގެ އެންމެ ބޮޑު ފަރުވާއަކީ، اللَّهގެ މިންވަރަށް ރުހުމާއެކު، އަބަދުވެސް ތިމާއަށްވުރެ ނިކަމެތި ޙާލުގައިވާ މީސްތަކުންނާމެދު ފިކުރު ކުރުމެވެ. އެހިނދު ތިމާއަށް اللَّه ދަރުމަކުރައްވާފައިވާ ނިޢުމަތުގެ ބޮޑުކަން ހިތަށް ތަޞައްވުރު ކުރެވި، ހިތުގައިވާ އުދާސްތައް ފިލުވާލަން ފަސޭހަވާނެތެވެ.
قَالَ رَسُولُ اللهِ صَلَى اللَّهُ عَلَيهِ وَسَّلَّمَ: {إِذَا نَظَرَ أَحَدُكُمْ إِلَى مَنْ فُضِّلَ عَلَيْهِ فِي الْمَالِ وَالخَلْقِ، فَلْيَنْظُرْ إِلَى مَنْ هُوَ أَسْفَلَ مِنْهُ} (رَوَاهُ الْبُخَارِىُّ، وَمُسْلِمٌ) ރަސޫލު اللَّهِ صَلَى اللَّهُ عَلَيهِ وَسَّلَّمَ ޙަދީޘްކުރެއްވިއެވެ. {ތިޔަބައިމީހުންކުރެ މީހަކަށް މުދާވެރިކަމާއި ހެދިހުރި ހަށިގަނޑުގެ ރީތިކަމުގެގޮތުން ތިމާއަށްވުރެ މަތިވެރިކަން ލިބެވިގެންވާ މީހަކު ފެނިއްޖެނަމަ (އެކަމާ ފިކުރުކުރުމުގެ ބަދަލުގައި) ތިމާއަށްވުރެ ދަށު ދަރަޖާގައިވާ މީހަކަށް ދެކޭށެވެ!}
ޝައްކެއްނެތެވެ. ނަފްސާނީ މިފަދަ ބޮޑު ގިލަންވެރިކަމަކުން މިންޖުވެ ހަމަޖެހުން ލިބުމަށްޓަކައި، އިސްލާމްދީނުގައިވާ މި މަތިވެރި އިރްޝާދާ އެއްގޮތަށް ޢަމަލުކުރުމަކީ ކޮންމެހެން ބޭނުން ކަމެކެވެ.