ބަވަނަވަމުންދާ މި ދުނިޔޭގައި ދިވެހިންގެ އަމިއްލަވަންތަކަން އެންމެ ފުރިހަމައަށް ރަމްޒުކޮށްދެނީ ދިވެހި ބަސް: މިނިސްޓަރ ޔުމްނާ

ފޮޓޯ: ރައީސް އޮފީސް

ބަވަނަވަމުންދާ މި ދުނިޔޭގައި ދިވެހިންގެ އަމިއްލަވަންތަކަން އެންމެ ފުރިހަމައަށް ރަމްޒުކޮށްދެނީ ދިވެހި ބަސް ކަމުގައި ފަންނާއި ޘަޤާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދިވެހި ބަހުގެ ދުވަހުގެ މުނާސަބައިގައެވެ.

މިނިސްޓަރ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ބޮޑެތި އާބާދީތައް ބޭނުންކުރާ ބަސްތައް، ކުދި އާބާދީތައް ބޭނުންކުރާ ބަސްތަކުގެ މައްޗަށް ގަދަވެ، އެ ބަސްތައް ކަންބޮޑުވާންޖެހޭ ފަދަ ބާރުމިނެއްގައި ނެތެމުންދާ ކަމަށެވެ.

"ހަޤީޤަތާއި ކުރިމަތިލާއިރު، އެންމެ ފަސް ލައްކައެއްހާ މީހުން ބޭނުންކުރާ މި ދިވެހި ބަސް ރައްކާތެރިކޮށް، ބޮޑެތި ބަސްތަކުގެ ޝިކާރައަކަށްވެ ނެތިދިޔަ ނުދިނުމަށް ޚާއްސަ އިސްކަމެއް ދޭންޖެހެއެވެ." ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

އެގޮތުން ގޭތެރޭގައި ކުޑަ ކުދިންނާއި މުޢާމަލާތުކުރުމަށް މައިންބަފައިން ދިވެހި ބަސް އިސްކުރަން ޖެހޭ ކަމަށާއި ދަރިވަރުން ސްކޫލް މާޙައުލުގައި ދިވެހި ބަހުން ވާހަކަ ދައްކާ މިންވަރު އިތުރުކުރަންޖެހޭ ކަމަށް ވެސް މިނިސްޓަރުގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

ދިވެހި ބަހުގެ އެކެޑަމީން މި އަހަރު މި ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ، 'ދިވެހިން ދިވެހިންނަށް ވީ، ދިވެހިބަހުން ވާހަކަދައްކާތީއެވެ' އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.