ސައުދީން ރާއްޖެއަށް ހަދިޔާކުރި "އިފްތާރު ޕެކޭޖު" ތައް ބަހާނީ ފަގީރުންގެ ތެރެއިން އެންމެ މީހުން ގިނަ އާއިލާތަކަށް: މިނިސްޓްރީ

ސައުދީން ރާއްޖެއަށް ހަދިޔާކުރި "އިފްތާރު ޕެކޭޖު" ތައް ބަހާނީ ފަގީރުންގެ ތެރެއިން އެންމެ މީހުން ގިނަ އާއިލާތަކަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްތްރީން މިހެން ބުނީ ސައުދީން ރާއްޖެއަށް 200 އިފްތާރު ޕެކޭޖް ހަދިޔާކުރުމާއި ގުޅިގެންނެވެ.

ސައުދީ ރަސްގެފާނު ދެއްވާ ޚާއްސަ ''އިފްތާރު ޕެކޭޖް'' އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރާ ވަނީ ހަވާލުކޮށްފައެވެ.

އިފްތާރް ޕެކޭޖު ސައުދީން ރާއްޖެއަށް ހަދިޔާކޮށްފައިވާއިރު، އެގައުމުން މިއަހަރު ވެސް ވަނީ ރާއްޖެއަށް ކަދުރު ހަދިޔާކޮށްފައެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހަށް އެ ގައުމުން ރާއްޖެއަށް ކަދުރު ހަދިޔާ ކުރަމުން އަންނައިރު، ސައުދީން ވަނީ 25,000 ކިލޯ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފައެވެ.

އެ ކަދުރު ބެހުމުގައި ސަރުކާރުން އިސްކަން ދެނީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.