އެއްފަހަރާ 1000 މީހުންނަށް ނަމާދުކުރެވޭ ޖާގައިގެ މާފަންނު އައު މިސްކިތް ހުޅުވައިފި

ފޮޓޯ: ޕީއެސްއެމް

އެއްފަހަރާ 1000 މީހުންނަށް ނަމާދުކުރެވޭ ޖާގައިގެ މާފަންނު އައު މިސްކިތް ހުޅުވައިފިއެވެ.

އަމިއްލަ ފަރާތަކުން ޢިމާރާތްކޮށްފައިވާ މި މިސްކިތް ހުންނަނީ ފަރީދީ މަގުގައެވެ.

މި މިސްކިތުގެ ނަމާދުކުރާ ބައިގެ ބޮޑުމިނުގައި 6000 އަކަފޫޓު، އަދި ހަރިންމައިގެ ބޮޑުމިނުގައި 5687 އަކަފޫޓު ހުރިއިރު، މި މިސްކިތަކީ ދެ ފަންގިފިލާއަށް ހަދާފައިވާ މިސްކިތެކެވެ. އަދި އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.

މި މިސްކިތް ޢިމާރާތް ކުރަން ފަށާފައިވަނީ 2019 ވަނަ އަހަރު އޮގަސްޓް މަހުގެ 29 ވަނަ ދުވަހުއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.