ރޯދަމަޖާ: އަމިއްލަ ކޮޓަރި

ސްވިމިންގ ޕޫލް

ސްވިމިންގ ޕޫލް ބަލަހައްޓާ މީހާ ކުޑަ ފިރިހެން ކުއްޖަކާ ދިމާއަށް އެއްޗެހި ގޮވަނީއެވެ. އެ ކުއްޖާގެ މަންމައަށް މި މަންޒަރު ފެނިގެން އައިސް އަހައިފިއެވެ.

[އަހަރެންގެ ދަރިފުޅާ ދިމާއަށް ތިޔަވަރަށް ބަވަނީ ކީއްވެގެން ހެއްޔެވެ؟]

ޕޫލް ބަލަހައްޓާ މީހާ ބުންޏެވެ. [ބަވަނީއެއް ނޫނެވެ. މީނާ ސްވިމިންގ ޕޫލަށް ހީސް ލާތީ އެކަން ނުކުރާށޭ ބުނީއެވެ.]

މަންމަ ބުންޏެވެ. [އެއީ އެހައި ވަރުގެ ކަމެއް ހެއްޔެވެ؟ ކުޑަކުދިން ސްވިމިންގ ޕޫލަށް ހީސް ލުމަކީ އާދައިގެ ކަމެކެވެ. ހުރިހައި ކުދިންވެސް ކޮށް އުޅޭ ކަމެކެވެ.]

ޕޫލް ބަލަހައްޓާ މީހާ ބުންޏެވެ. [ތިޔައީ ތެދެކެވެ. އެކަމަކު މީނާ ހީސްލަނީ ޕޫލުން ބޭރުގައި ހުރެގެންނެވެ.]

އަމިއްލަ ކޮޓަރި

ދެމަފިރިއަކާއި ތިން ދަރިން އާ ގެއަކަށް ބަދަލުވެއްޖެއެވެ. ބަދަލުވީތާ ހަފުތާއެއްހައި ދުވަސް ފަހުން ކުދިންގެ މާމަ އެ ގެއަށް އަތުވެއްޖެއެވެ. މެދަށް ހުރި ކުއްޖާޔާ މާމަ ސުވާލު ކޮށްލިއެވެ.

[އާ ގެ ރީތި ހެއްޔެވެ؟ ރަނގަޅު ހެއްޔެވެ؟]

އެ ކުއްޖާ ބުންޏެވެ. [ވަރަށް ރީއްޗެވެ. ވަރަށް ރަނގަޅެވެ. އަޅުގަނޑަށް ވަކި ކޮޓަރިއެއް ހުރެއެވެ. ބޭބެއަށް ކޮޓަރިއެއް ހުރެއެވެ. ކޮއްކޮއަށް ކޮޓަރިއެއް ހުރެއެވެ. އެކަމަކު މަންމަ ފަކީރު އަދިވެސް ނިދަނީ ބައްޕަޔާ އެކީގައެވެ.]

ހާލު ރަނގަޅުތަ؟

އަނބިމީހާ ހެނދުނު ހޭލައިގެން ބަލައިލީއިރު ފިރިމީހާ އޮތީ ހޭލައެވެ. ފަންގިފިލައާ ދިމާއަށް ބަލަހައްޓައިގެން ދެ ލޯ ބޮޑުކޮށްގެންނެވެ.

އަނބިމީހާ ކަންބޮޑުވެފައި އަހައިލިއެވެ. [ކިހިނެއްވީ ހެއްޔެވެ؟ ހާލު ރަނގަޅު ހެއްޔެވެ؟ ބަލީ ހެއްޔެވެ؟]

ފިރިމީހާ ބުންޏެވެ. [އަހަރެންގެ ހާލު ރަނގަޅެވެ. ބައްޔެއް ނޫނެވެ.]

އަނބިމީހާ ބުންޏެވެ. [އަހަރެން މިހެން އެހީ ރޭ ނިދީގައި އަހަންނާ ދިމާއަށް ވަރަށް ހުތުރު އެއްޗެހި ކީމައެވެ.]

ފިރިމީހާ ބުންޏެވެ. [އަހަރެން އޮތީ ނިދާފައޭ ބުނީ ކާކު ހެއްޔެވެ؟]

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.