ރައީސް އޮފީސް ގޮއްވާލާނެ ކަމަށް ބުނި މީހަކު ހައްޔަރު ކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކިއުރިޓީގައި ތިބި ސިފައިން ގާތު އެ އޮފީސް ގޮއްވާލާނެ ކަމަށް ބުނި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި މި ހިނގާ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ރައީސް އޮފީހުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ސިފައިންގެ ކައިރިއަށް މީހަކު ގޮސް އޮފީހުގެ ވެރިން ނުނިކުންނާން އަންގައި އޮފީސް ގޮއްވާލާނެ ކަމުގެ އިންޒާރު ދިނެވެ.

މި މައްސަލައާ ގުޅިގެން އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. ފުލުހުން މިހާރު ގެންދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.