ސާފް ޗެމްޕިއަންޝިޕް 2021: ރާއްޖެއިން ބަނގްލާދޭޝް ބަލިކޮށްފި

ސާފް ޗެމްޕިއަންޝިޕްގައި މިރޭ ބަނގްލާދޭޝްއާ ކުޅެ 2 ލަނޑު 0 ލަނޑުން ރާއްޖެ މޮޅު ވެއްޖެއެވެ.

މިރޭގެ މެޗު ފެށިގެން ފުރަތަމަލޮޅު ރާއްޖޭގެ މެދުތެރެ އެކުލަވާ ތަނެއް ނުފެނެއެވެ. ކުރިއަށް ބޯޅަ ދިނުމުގައި ހަރަކާތްތެރިވީ ޑިފެންސް ލައިނުންނެވެ. އެހެން ނަމަވެސް ފެށުނީއްސުރެ ރާއްޖެ ކުޅުނީ އަވަސް ކުޅުމެކެވެ. ބަނގްލާދޭޝް ކުޅެނުން ދިޔައީ ވަރަށް ބޮޑަށް ދިފާއަށް ސަމާލުކަން ދީގެންނެވެ. ދެ ޓީމަށްވެސް ލަނޑު ޖަހާނޭ ފުރުސަތު ލިބުނެވެ.

ދެވަނަ ހާފުގައި ރާއްޖޭ#ގެ ޓީމުގެ ކުޅުން ފުރަތަމަ ހާފަށްވުރެ ރަނގަޅުކޮށް އެޓޭކަށް އަރައި ބަނގްލާދޭޝްގެ ފަހަތަށް ބާރު ބޮޑުކުރަމުން ދިޔައެވެ.

ރާއްޖޭގެ ފުރަތަމަ ލަނޑު ޖެހީ ޙަމްޒާ މުޙައްމަދު އޯވަހެޑަކުން ޖެހި ވަރަށް ރީތި ލަނޑެކެވެ. މި ލަނޑާއެކު ރާއްޖޭގެ އެޓޭކު އަނެއްކާވެސް ވަރުގަދަ ވެގެން ދިޔައެވެ. ނޭޕާލް މެޗުގައި ބަނދެވިފައި ހުރި ޢަލީ އަޝްފާގު މި މެޗުގައި ވަރަށް ހިތްވަރާއެކު މޮޅަށް ކުޅުނެވެ. ދެވަނަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއެއްގައި ޢަލީ އަޝްފާގެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.