ސާފް ޗެމްޕިއަންޝިޕް 2021: ފުރަތަމަ މެޗުން މޮޅުވީ ބަނގްލާދޭޝް

ސާފް ޗެމްޕިއަންޝިޕް 2021 ގެ ފުރަތަމަ މެޗު 1 ލަނޑު 0 ލަނޑުން ސްރީލަންކާ ބަލިކޮށް ކާމިޔާބު ކުރީ ބަނގްލާދޭޝްއެވެ.

ބަނގްލާދޭޝްގެ ލަނޑު ޖަހާފައި ވަނީ މެޗުގެ 55 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ޕެނަލްޓީ ލިބުނީ ސްރީލަންކާގެ ދިފާއީ ކުޅުންތެރިއެއް ކަމަށްވާ  ޑަކްސަންގެ އަތުގައި ބޯޅަ ޖެހުމުންނެވެ.

މުޅި މެޗުގައިވެސް ރަނގަޅަށް ކުޅުނބީ ބަނގްލާދޭޝް ޓީމެވެ. އެހެންނަމަވެސް ބޮޑަށް ފެނުނީ ފަރުދީ ހުނަރެވެ. ޓީމެއްގެ ގޮތުގައި ގުޅިގެން ކުޅުނުތަން ފެނުނީ މަދު ފަހަރަކުއެވެ. އެހެންވުމާއެކު ލަނޑު ޖަހާނޭ ވަރަށް ގިނަ ފުރުސަތު ލިބިމެ ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ.

މެޗު ފެށުމާ ހަމައިންވެސް ސްރީލަންކާ ކުޅުނީ ލަސް އާދައިގެ ކުޅުމެކެވެ. މާ ބޮޑު ފައިދާއެއް ނެތުމާއެކު ލަސްކުރަން ކުޅޭ ކަހަލަ ގޮތަކަށެވެ. ބަނގްލާދޭޝްގެ ޓީމުގައި އެކުލެވުން ކުޑަކަމުން އޭރިއާ ތެރެއަށް ވަން ނަމަވެސް ސްރީލަންކާ ކުޅުންތެރިންނަށް މާ ބޮޑު އުނދަގުލެއް ކުރެވުނުތަން ފެނުނީ ވަރަށް މަދު ފަހަރަކުއެވެ.

މި މިބާރާތުގައި މިރޭ އޮންނާނީ ނޭޕާލާއި ދިވެހިރާއްޖެ ކުޅޭ މެޗެވެ. މެޗު ފައްޓާނީ 9 ޖަހާއިރުއެވެ. އޭގެ ކުރިން މުބާރާތް ހުޅުވާ ރަސްމިއްޔާތު އޮންނާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.