އެމްޑަބްލިޔޫއެސްސީ ޝޯރޫމަށް ފަސް އަހަރު - %10 ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް

އެމްޑަބްލިޔޫއެއްސީ ޝޯރޫމަށް 5 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން، ޝޯރޫމުގެ ކަސްޓަމަރުންގެ އަގު ވަޒަންކުރުމަށް ޚާއްސަ ހަފުލާއެއް ބާއްވައިފިއެވެ. ޝޯރޫމުން ވިޔަފާރިކުރާ އެކި ދާއިރާތަކުގެ ކަސްޓަމަރުން މި ހަފުލާގައި ބައިވެރިވިއެވެ. އަދި ކުންފުނީގެ ޗެއަރމަން އަޙްމަދު މަޢުޞޫމާއި، މެނޭޖިންގ ޑިރެކްޓަރ ޙަސަނަ ޝާހާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ކުންފުނީގެ އިސް ބޭފުޅުންނާއި މުއައްޒިފުންވެސް ބައިވެރިވެޑައިގަތެވެ.

އެމްޑަބްލިޔޫއެސްސީގެ ޝޯރޫމް ހުޅުވާފައި ވަނީ 2006 ވަނަ އަހަރުއެވެ. މި ޝޯރޫމުން ފެނާއި ނަރުދަމާގެ ދާއިރާއާ ގުޅުންހުރި، ދުނިޔޭގެ މަތީ ފެންވަރުގެ މަޝްހޫރު މަރުކާތަކުގެ މުދާ ވިއްކަން ފެއްޓިއެވެ. ވިއްކާ ޚާއްސަ މަރުކާތަކުގެ ސޯލް ޑިސްޓްރިބިއުޓަރަކީވެސް އެމްޑަބްލިޔޫއެސްސީއެވެ. ވިއްކާ މުދަލުގެ ތެރޭގައި އާރްއޯ ޕްލާންޓް، މެމްބްރޭން، ޕަންޕު، ތޭންކު، އެކި ވައްތަރުގެ ހޮޅި، ފިޓިންގްސް، ފެން މީޓަރު ފަދަ ތަކެތި ހިމެނެއެވެ. މީގެ އިތުރަށް ރިސޯޓުތަކަށާއި ފަންނީ ކޮންސަލްޓަންޓުންނަށް ވިޔަފާރީގެ އުސޫލުން ފެން ތަހުލީލުކުރުމުގެ ޚިދުމަތް ދިނުމަކީވެސް މި ޝޯރޫމް މެދުވެރިކޮށް ދެމުން ގެންދާ ޚިދުމަތެކެވެ.

މި ރަސްމިއްޔާތުގައި މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހު ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ދުނިޔޭގެ ނަންހިނގާ ފެންވަރު ރަނގަޅު މަރުކާތަކުގެ މުދާ ރާއްޖެ އެތެރެކޮށް ފަސޭހައިން ލިބޭނޭ މަގު ތަނަވަސްކޮށް ދޭށެވެ. މީގެ އިތުރަށް އައު މަރުކާތަކުގެ މުދާ ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި، ވީހައިވެސް ފަސޭހައިން ޚިދުމަތް ދެވޭނޭ ގޮތް ހެދުމުގެ ގޮތުން ޑިޖިޓަލް ޚިދުމަތް ތައާރަފު ކުރެވިގެން ދާނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކަސްޓަމަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން 10 ކަސްޓަމަރަކަށް 10000 ރުފިޔާގެ ވައުޗަރު ދިނުންވެސް މި ރަސްމިއްޔާތުގައި އޮތެވެ.

އެމްޑަބްލިޔޫއެސްސީން ހާމަކޮށްފައިވާ ގޮތުގައި 28 ސެޕްޓެމްބަރ 2021 އިން ފެށިގެން 30 ނޮވެމްބަރ 2021 ގެ ނިޔަލަށް ޝޯރޫމުން ގަންނަ ކޮންމެ ފެން މީޓަރަކުން އަދި ފެން ޓެސްޓުކުރުމުގެ ޚިދުމަތުން 10 އިންސައްތަ ޑިސްކައުންޓު ލިބޭނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.