އެމްޑީޕީ މީހަކު ނޫން އެހެން އެއްވެސް މީހަކަށް އިތުބާރެއް ނުކުރަން: ރައީސް ނަޝީދު

އަބަދުވެސް އިތުބާރު ކުރައްވާނީ އެމްޑީޕީގެ ބޭފުޅުންނަށް ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ފަނޑިޔާރުންނާ ގުޅުއްވައި ނުފޫޒު ފޯރުވާ ކަމަށް ދެކެވޭ ވާހަކަޔާ ގުޅިގެން ދިޔަރެސް ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ދިޔަރެސް ނޫހުން ސުވާލު ދެންނެވީ ޢަލީ ޒާހިރު އަދާލަތު ޕާޓީގެ ބޭފުޅަކަށް ވާތީއާވެސް އެކު އޭނާއަށް ރައީސް ނަޝީދު އިތުބާރު ކުރައްވާތޯއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީ ނޫން އެހެން ޕާޓީތަކުގެ ބޭފުޅުން ފަނޑިޔާރުންނަށް ގުޅުއްވައި ނުފޫޒު ފޯރުވަން މަސައްކަތް ކުރެއެވެ. އެހެންވީމާ އެހެން އެއްވެސް ޕާޓީއެއްގެ ބޭފުޅަކަށް އެމަނިކުފާނު އިތުބާރެއް ނުކުރައްވާނެއެވެ. އެއީ އަދާލަތު ޕާޓީކަމުގައި ވިޔަސް އަދި ޖުމްހޫރީ ޕާޓީ ކަމުގައި ވިޔަސް އެންމެ ރަނގަޅެވެ. އެ މަނިކުފާނުގެ އިތުބާރު އޮންނާނީ ހަމައެކަނި އެމްޑީޕީއަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.