އެމްޑީޕީގެ ސިޓީކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް މަސައްކަތް ނުކުރެވުނީ ރައީސް ޔާމީނާ ހެދި ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރާއްޖޭގެ ތިން ސިޓީގެ ތިން މޭޔަރުންނަށް އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ނުކުރެވުނީ އެބޭފުޅުންނަށް ރަނގަޅަށް މަސައްކަތް ނުކުރެވިގެންތޯ ނޫސްވެރިއަކު މިއަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ނަޝީދު ވިދާޅުވީ އެއީ ރައްޔިތުންގެ އަމިއްލަ ނިންމެވުމެއް ކަމަށާއި ރައްޔިތުން ވޯޓު ދެއްވާނީ ވަރަށް ބޮޑަށް ވިސްނަވާފައި ކަމަށެވެ. ރައްޔިތުން ނިންމަވާ އެފަދަ ނިންމެވުންތަކަށް އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލެއްވުން އޮންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"އެނގިވަޑައިގަންނަވާނެ (ކައުންސިލްތަކަށް) މަސައްކަތް ނުކުރެވުނު އެންމެބޮޑު ސަބަބަކީ ރައީސް ޔާމީން ލާމަރުކަޒީ ގާނޫނޫ ރޫޅާލުމާއި، ސިޓީކައުންސިލްތައް ހަލާކުކޮށްލުން،" ރައީސް ނަޝީދު ވިދާޅުވިއެވެ. އޭގެ އިތުރުން ރައީސް ޔާމީން ވަނީ ކައުންސިލްގެ އިދާރާއާއާއި އެތަންތަނުގެ ގޮނޑިމޭޒު ވެސް އަތުލައްވާފައި ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ކައުންސިލްގެ އިދާރާ ވެސް އަތުލެއްވީ. ކައުންސިލްގެ ގޮނޑިމޭޒުވެސް އަތުލީ. ކައުންސިލަރުންގެ މުސާރައިން ވެސް ބައެއްނެގީ. ކައުންސިލަރުން ވެސް ހައްޔަރުކުރެއްވީ. ކައުންސިލްގެ ހުރިހާ ބާރެއް މިދިނީ ހައުސިން މިނިސްޓްރީ އުފައްދަވާ އެތަނަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ. އެ މިނިސްޓްރީއަށް ބާރު ދެއްވުމުން މާލޭ ސަރަހައްދުގައި އެޅި ފުލެޓުތަކުން ފުލެޓުދޭން ނިންމެވި މީހުންގެ ތެރެއިން ފަސްހާސް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
Ekkala dhogu hadhan kulhadhaana meehaa aneh dhogu hadhaifi.adhi bunebala Yameen dhuniyeyga hureethee ey thimannamenah kameh nukurevunee.dhogu hadhaa iru heevaakahala emmen thibenee hin'dhukolhugaey.