އެންޓާކްޓިކާގެ ހޫނުމިން ރިކޯޑު މިންވަރަކަށް މަތިވެއްޖެ: އދ.

ހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން އެންޓާކްޓިކާގެ ބިޔަ ގަނޑުފެންގަަނޑުތައް ދަނީ ވިރެމުން

ދުނިޔެ ހޫނުވަމުން ދިއުމުގެ ނަތީޖާއެެއްގެ ގޮތުން ދުނިޔޭގެ އެންމެ ފިނި ބައްރު އެންޓާކްޓިކާގައި ރިކޯޑް މިންވަރަކަށް ހޫނުމިން މައްޗަށް ގޮސްފައިވާ ކަމަށް އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) އިން ބުނެފިއެވެ. އދ. ގެ ވާލްޑް މީޓިއޮރިލިކަން އޮގަނައިޒޭޝަން (ޑަބްލިޔުއެމްއޯ) މިހެން ބުނެފައި ވަނީ ފާއިތުވި އަހަރު ފެބުރުވަރީ މަހުގެ 6 ވަނަ ދުވަހު އެންޓާކްޓިކާގައި ހުންނަ އާޖެންޓީނާގެ ރިސާޗް ސްޓޭޝަން، އެސްޕެރަންޒައި ރިކޯޑް ކުރެވުނު 18.3 ޑިގްރީ ސެލްސިޔަސްއަކީ ސައްހަ އަދަދެއްކަން ކަށަވަރުކުރުމަށްފަހުއެވެ.

"(އެންޓާކްޓިކާގައި) ރިކޯޑުކުރެވުނު އެންމެ މަތީ ހޫނުމިނުގެ ސައްކަން ކަށަަވަރުކުރުމަކީ މުހިއްމު ކަމެއް. ދުނިޔޭގައި އެސަރަހައްދެއްގެ ބޭނުން އަދި އިންސާނުންނަށް ނުހިފި އޮތް ސަރަަހައްދު ކަމަށްވާތީ، މަފަދަ ރިކޯޑުތަކުން އެ ސަރަހައްދުގެ ތަސައްްވަރުއް ބިނާކުރުމަށް އަހަރުމެންނަށް އެހީ ލިބޭތީ." ޑަބްލިޔުއެމްއޯއިން ބުނެފައި ވެއެވެ.

"އެންޓާކްޓިކާއަކީ ދުނިޔޭގައި އެންމެ ހަލުވިކޮށް ހޫނުވަމުންދާ ސަރަހައްދު- ފާއިތުވި 3 އަހަރު އެ ސަރައްދުގެ ފިނިހޫނުމިން ވަނީ 3 ޑިގްރީ ސެލްސިޔަސް މައްޗަށް ގަޮސްފައި- އެހެންކަމުން، އަަަހަރުމެން ފާހަގަކުރަމުން މިދާ މޫސުމީ ބަދަލާ އަލަށް މި ރިކޯޑުކުރެވުނު ފިނިހޫނުމިނާ ދިމާވޭ." އެ ޖަމްއިއްޔާއިން ބުނެފައި ވެއެވެ.

ފާއިތުވި އަހަރުގެ ފެބުރުވަރީ މަހުގެ 9 ވަނަ ދުވަހު އެންޓާކްޓިކާގެ ސޭމާ ޖަޒީރާގައި ބްރެޒިލްގެ އޮޓޮމެޓިކް މޮނިޓަރިންގް ސްޓޭޝަނަކުން ރިކޯޑްކުރި 20.75 ޑިގްރީ ސެލްސިޔަސްގެ ފިނިހޫނުމިން ސައްހަކަމުގައި ޑަބްލިޔުއެމްެއޯއިން ގަބޫލުކޮށްފައި ނުވެއެވެ.

މީގެ ކުރިން ޑަބްލިޔުއެމްްއޯއިން ސަައްހަަކަން ކަށަވަރުކޮށްފައިވާ އެންޓާކްޓިކާާގެ އެންމެ މަތީ ހޫނުމިނަކީ އެސްޕެރަންޒާގައި 2015 ވަނަ އަހަރުގެ މާރިޗު މަހުގެ 25 ވަަނަ ދުވަހު ރިކޯޑުކުރެވިފައިވާ 17.5 ޑިގްރީ ސެލްސިޔަސްއެވެ.

އެންޓާކްޓިކާ ރިކޯޑް މިންވަރަކަށް ހޫނުވެފައިވާކަން ޑަބްލިޔުއެމްއޯއިން ކަަަށަވަރުކޮށްދީފައި ވާއިރު، އެމެެރިކާގެ ހުޅަނގު އުތުރާއި، ކެނެޑާގެ ހުޅަނގުގައި ހޫނުމިން ވަނީ ރިކޯޑު މިންވަރަަކަށް މަތިވެފައެެވެ. ބްރިޓިޝް ކޮލަމްބިޔާ ޕްރޮވިންސުގައި ގަދަ ހޫނުގެ ސަަބަބުން 486 މީހުން މަރުވެފައިވާ ކަމަށް އެ ޕްރޮވިންސުން ބުނެފައިވާއިރު، އެ ޕްރޮވިންސުގެ ޖަންގަލީގައި ވަނީ ގަަދަ ހޫނުގެ ސަަބަބުން ރޯވެފައެވެ. އަލިފާނުން އެެންމެ ބޮޑަށް ގެއްލުން ލިބުނު ލިޓަންގައި އިއްޔެ ހޫނުމިން ވަނީ 49.4 ޑިގްރީ ސެލްސިޔަސްއަށް މައްޗަށް ގަޮސްފައެވެ. މިއީ ބްރިޓިސް ކޮޮަލަމްބިޔާގައި ހޫނު މޫސުގައި އާއްމުކޮށް ހޫނުމިން އެންމެ މައްޗަށް ދާވަރަށްވުރެ 18 ޑިގްރީ މަތި މިންވަރެކެވެ.

ފާއިތިުވި ހަފުތާގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުޓަރޭޝް ވެސް ވިދާޅުވެފައި ވަނީ ދުނިޔެ ހޫނުވުމުގެ އަސަރު ކުރިން އަންދާޒާކުރެވިފައިވާ ވަރަށްވުރެ އަވަހަށް ފެންނަމުން ދާކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.