މިޔާމީގައި ވެއްޓުނު އިމާރާތުގެ ދަަށުން މީހުން ހޯދުން ކުރިއަށް ދާއިރު، މިހާތަނަށް ޔަގީންކުރެވިފައި ވަނީ 4 މަރު

ފްލޮރިޑާގައި ވެއްޓުނު އިމާރާތް

އެމެރިކާގެ ފްލޮރިިޑާ ސްޓޭޓްގެ މަޔާމީގެ އަތިމައްޗަށް ވާގޮތަށް ހުރި އިމާރާތެއް ވެއްޓުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 4 އަަށް އަރައިފިއެވެ. 12 ބުރީގެ އެޕާޓްމަންޓް އިިމާރާތުގެ އެއްފަޅި ވެއްޓިފައިވަނީ ވެއްޓިފައެވެ.

އިއްޔެގެ ވަގުތެއްގައި ވެއްޓުނު އިމާރާތުގެ ދަށުން މީހުން ހޯދައި ސަލާމަތްކުރުމުގެ މަސަައްކަތް މެދުނުކެނޑި ކުރިއަށް ދާއިރު، 159 މީހަކަށް ވީނުވީއެެއް އަދިވެސް ނޭނގެއެވެ.

"ހިތާމަހުރި! އަހަރެން ހެނދުނު ހޭލުމުން އެނގުނީ އިމާރާތުގެ ވެއްޓިފައިވާ ބައިތަކުގެ ތެރެއިން ރޭ 3 މީހެއްގެ ހަށިގަނޑު ނަގާފައިވާކަން." އޭބީސީގެ 'ގުޑް މޯނިންގް އެމެރިކާ' ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މަޔާމީ-ޑޭޑް ކައުންޓީގެ މޭޔަރު ޑާނިއެލާ ލެވީން ކާވާ ވިދާޅުވިއެވެ. "އެއާއެކު، މި ހިތާމަވެރި ހާދިސާގައި މަރުވި ކަމަށް އަހަރުމެން ގުނާ މީހުންގެ އަދަދު މިވަނީ ހަަތަރެކަށް އަރާފައި." މޭޔަރު ވިދާޅުވިއެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިދާޅުވި ގޮތުގައި މި ހާދިސާއަށް ފަހު ފެނިފައިނުވާ މީހުންގެ އަދަދު މިހާރު ވަނީ 159 އަށް އަރާފަައެވެ. ކުރިން ބުނެފައި ވަނީ 99 މީހުން ނުފެންނަ ކަމަށެވެ.

"އަހަރުމެންނަށް މިހާރު 120 މީހަކު ފެނިއްޖެ. އެއީ ވަރަށް ވަރަށް އުފާވެރި ޚަބަރެއް. އެހެންނަަމަވެސް އަހަރުމެންނަށް ނުފެންނަ މީހުންގެ އަދަދު މިވަނީ 159 އަށް މައްޗަށް ގޮސްްފައި." މޭޔަރު ލެވީން ކާވާ ވިދާޅުވިއެވެ.

މަޔާމީ-ޑޭޑް ކައުންޓީގެ އަތިރިމަތީގައި އޮންނަ ސާފްސައިޑް އަވަށުގައި 1981 ވަނަ އަހަރު ބިނާކުރި ކޮންޑޮމީނިއަމް އިމާރާތުގެ ވެއްޓިފައިވާ ބައިތަކުގެ ތެރޭން ސަލާމަތްވެފައިވާ މީހުން ފެނޭތޯ ހޯދަމުން ދިޔަ މީހުން ސަލާމަތްވެފައިވާ ބައެއެް މީހުން އެތަނުން ނެރުނުތައް މިއަދު ހެނދުނުވެސް ފެނިފައި ވެއެވެ. ކުޑަ ފިރިހެން ކުއްޖަކު ސަލާމަތްކޮށްގެން ނެރޭތަން އެ މަންޒަރުތައް ނަގާފައިވާ ވީޑިއޯއަކުން ފެނިފައި ވެއެވެ.

އިމާރާތުގެ އަނެއް ބައިގައި ދިރިއުޅޭ މީހުން މިހާރު ވަނީ އެތަނުން ނެރެފައެވެ.

ކަމާބެހޭ ފަރާތްތަކުން ހާމަކުރި ގޮތުގައި އިމާާރާތެގެ ވެއްޓުނު ބައިގައި ދިރުއުޅެނީ ޖުމްލަ ކިތައް މީހުންކަަން އަދިވެސް ޔަގީންކުރެވިފައި ނުވެއެވެ.

ރައީސު ޖޯ ބައިޑަން ވަނީ ފްލޮރިޑާ ސްޓޭޓުގައި ކުއްލި ހާލަތު އިއުލާންކުރައްވައި، އިމާރާތުގައި ކުރިއަށްދާ މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް އެހީތެރިވުމަށް މައި ސަރުކާރުގެ ވަސީލަތްތައް ފޮނުއްވުމަށް ނިންމަވާފައެވެ.

"ރައީސުގެ ނިންމެވުމުުން ކާރިސާގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވޭ ހުރިހާ މަސައްކަތެއް ވިލަރެސް ކުރުމުގެ ހުއްދަ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީގެ ދަށުން ހިނގާ ފެޑެރަލް އެމަޖެންސީ މެނޭޖްމަންޓް އެޖެންސީ (ފީމާ) އަށް ލިބިގެން ދާނެ." ވައިޓް ހައުސްއިން މިއަދު ބުނެފައި ވެއެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ ޓީމުތަކަށް އިމާރާތުގެ ވެއްޓިފައިވާ ބައިތަކުގެ ތެރޭން މީހުން ތަންތަނުގައި ތަޅާ އަޑާ، ގޮވާ އަޑު އިވިފައި ވެއެވެ. ސާފް ސައިޑްގައި ހުންނަ ޗެމްޕްލޭން ޓަވާސްގެ ސައުތު ކޮންޑޮމީނިއަމް ވެއްޓުނީ އެދުވަހު ހެނދުނުއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.