އެމެރިކާގެ ކަނެޓިކަޓް ސްޓޭޓްގެ ނިއު ހެވަން ސިޓީގައި ހުންނަ މަސްޖިދު ދިޔާނަތުގައި އަލިފާން ރޯވެއްޖެއެވެ. އެރަށުގެ އަލިފާނުގެ ހާދިސާތައް ތަހުގީގުކުރުމާ ބެހޭ ސުޕަވައިޒަރު ރޭ ސަރަކޯ ވިދާޅުވީ އެ މިސްކިތުގައި ބަޔަކު ގަސްތުގައި ރޯކޮށްލާފައިވާ ކަމަށެވެ.
އެ ހާދިސާގައި މިސްކިތަށް ބޮޑެތި ގެއްލުންވެފައިވާ ކަމުގައި އެރަށުގެ އޮފިޝަލުން ވިދާޅުވިއެވެ.
"ދީނީ މުއައްސަސާއަކަށް -އެއްވެސް ދީނެއްގެ މުއައްސަސާއަކަށް- ނަފުރަތުން ފުރިފައިވާ ހަމާލާއެއް ދިނުމަކީ ދަށުދަރައިގެ ހަޑިހުތުރު އަމަލެއް. އެފަދަ ހަމަލާއަށް އަހަރުމެންގެ ސްޓޭޓްގައި އަދި އަހަރުގެމެންގެ ގައުމުގައިވެސް ޖާގައެއް ނެތް." ކަނެޓިކަޓްގެ ގަވަރުނަރު ނެޑް ލަމޮންޓް ކުރެއްވި ޓުވީޓެއްގައި ވެއެވެ.
އެ މިސްކިތް މަރާމާތުކުރާނެކަން އިއުލާންކުރައްވަމުން އެސިސްޓެންޓް ފަޔާ ޗީފް އޮލާންޑޯ މޮނާކޯ ވަނީ މިސްކިތުގައި ރޯކޮށްލި ބަޔަކު ހައްޔަރުކުރެވޭ ފަދަ މައުލޫމާތެއް ދިން ފަރާތަކަށް 2500 ޑޮލަރު ހުށަހެޅިފައިވާކަން
މިސްކިތުގައި ރޯކޮށްލާފައި ވަނީ މައި ދޮރުގެ ކައިރީގައެވެ. އެ އަލިފާންގަނޑު ވަނީ މިސްކިތުގެ ތިންވަނަ ފަންގިފިލާއާ ހަމައަށް ފެތުރިފައެވެ.
Allah ge iraadhafulhun thikan kuribayakahh Allah veyndheniwi azaabehh dhehwaaashi Aameen