ފްލޮރިޑާގެ އެއާޕޯޓެއް ކައިރީގައި އަލިފާން ރޯވެ 3500 ކުލީ ކާރު އަނދައިފި

ފްލޮރިޑާ އެއާޕޯޓު ކައިރީގައި ޕާކުކޮށްފައި ހުރި ކާރުތަކުގައި ރޯވެ އަނދަނީ

އެމެރިކާގެ ފްލޮރިޑާ ސްޓޭޓުގެ ސައުތުވެސްޓް ފްލޮރިޑާ އިންޓަނޭޝަނަލް އެއާޕޯޓު ކައިރީގައި ރޯވި އަލިފާންގަނޑެއްގައި އެތަނުގައި ޕާކުކޮށްފައި އޮތް 3500 ކުލީ ކާރު އަނދައިފިއެވެ.

ފްޓް މާޔާސްގައި އޮންނަ އެއާޕޯޓު ކައިރީގައި ވިނަ ހެދިފައި އޮތް ސަރަހައްދެއްގައި ރޯވި އަލިފާންގަނޑުގައި ފުރަތަމަ ރޯވީ 20 ކާރުގައެވެ. އެެެހެންނަމަވެސް، ފަހުން އަލިފާންގަނޑު ފެތުރިގެން ދިޔައީއެވެ.

ލީ ކައުންޓީ ޕޯޓް އޮތޯރިޓިން ބުނި ގޮތުގައި ވިނަގަނޑުގައި ރޯވި އަލިފާންގަނޑު ކޮންޓުރޯލު ނުވެ އަނދަމުން ގޮސް އެންމެފަހުން ނިއްވާލެވުނު އިރު 3500 ކުލީ ކާރު ވަނީ އަނދައިގެން ގޮސްފައެވެ.

ފްލޮރިޑާ ފްރެސްޓްރީ ސާވިސްގެ މެލިންޑާ އަވްނީ ބުނި ގޮތުގައި ފަޔާ ހުކުރު ދުވަހު ހަވީރު އެތަނަށް ގުޅާފައި ވަނީ 20 ކާރެއްގައި ރޯވެގެން އެ އަލިފާންގަނޑު ކޮންޓުރޯލުކުރުމަށެވެ.

"އަހަރުމެންގެ ޔުނިޓުތަަކަށް ހާދިސާ ހިނގި ސަރަހައްދަށް ދެވުނު އިރު 100 ކާރުގައި އޮތީ ރޯވެފައި." އޭނާ ވިދާޅުވިއެވެ. 15 އޭކަރުގެ ސަރަަހައްދަށް ފެތުރުނު އަލިފާންގަނޑު ނިއްވާލެވުނު އިރު، 3800 ކާރަށް ގެއްލުމެއް ނުވެ އޮތްކަންވެސް ފާހަަގަކޮށްލަން ޖެހެެއެެެވެ.

ނޮވެލް ކޮރޯނާ ވައިރަސްގެ ސަބަބުން ދަތުރުފަތުރު ހުއްޓިފައި ވާތީ، އެމެރިކާގައި ކާރު ކުއްޔަށް ދޭ ފަރާތްތަކުގެ އެތައް ހާސް ކާރެއް ވަނީ މިފަދަ ހުސް ބިންތަކުގައި ޕާކުކޮށްފައެވެ.

މި ސަރަހައްދުގައި އަލިފާން ރޯވި ސަބަބެއް ހޯދުމަށް މިހާރުަ ދަނީ ތަހުގީގުކުރަމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.