ޔޫރޯ 2020: ވާދަވެރި ސްކޮޓްލެންޑުން އިންގްލަންޑް މޮޅުވިޔަކަ ނުދިން

ޔޫރޯ 2020 ގައި ރޭ މެންދަމު 12 ޖެހިއިރު ސްކޮޓްލަންޑާއި އިންގްލަންޑާ ދެމެދު ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރު ވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅުނީ ސްކޮޓްލަންޑެވެ. ދިފާއަށް ސަމާލުކަން ދީގެން ހަލުވިކަމާއެކު ކުރިއަށް އަރައި ހަމަލާ ދޭން މަސައްކަތް ކުރަމުން ގެންދިޔައެވެ. އިންގްލަންޑްވެސް ދިފާއަށް ވިސްނަން ޖެހުނުވަރު ބޮޑޫކަމުން ކުރިއަށް އަރައި ޓީމުގެ ހަގީގީ ކުޅުން ދެއްކޭ ގޮތެއް ނުވިއެވެ. އެކަމަކު ފުރަތަމަ ހާފުގައިވެސް ދެތިން ރަނގަޅު ފުރުސަތެއް ހޯދިއެވެ. އެންމެ ރަނގަޅު ފުރުސަތެއްގެ ގޮތުގައި ފާހަގަ ކުރެވުނީ 12 ވަނަ މިނިޓުގައި ލިބުނު ކޯނަރެއްގައި މާޝަލް ބޮލުން ފޮނުވައިލީ ވަރަށް ބާރު ބޯޅައެކެވެ. މި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މާޝަލް އެ ވަގުތު ހުރީ ރަނގަޅަށް މާކު ނުކުރެވިއެވެ. ބޯޅަ ގޯލާ އަމާޒުވީ ނަމަ ގޯލްކީޕަރަކަށް ސަލާމަތެއް ނުކުރެވުނީހެވެ.

ދެވަނަ ހާފުގައިވެސް އިންގްލަންޑްގެ ފަރާތުން ފެނިގެން ދިޔައީ ލަސް ކުޅުމެކެވެ. މިޔާ ޚިލާފަށް ސްކޮޓްލަންޑުން ހަލުވިކަމާއެކު މެދުތެތރއިން ކުޅެމުން ގެންދިޔައެވެ. އޭރިއާ ތެރެއަށް ވަދެގަންނާނޭ ފުރުސަތެއް ގިނަ ފަހަރަށް ނުލިބުނު ނަމަވެސް ވަރަށް ހިތްވަރާއެކު ކުޅެމުން ގެންދިޔައެވެ. ދިހަ ވަނަ މިނިޓުގައި އިންގްލަންޑުން ފޮނުވައިލީ ހަމަލާ ކާޟިޔާބެއް ނުކުރެވުނެވެ. އޭގެ ފަހުން ދެ ޓީމުން ކިރެ ޓީމަކަށް މާ ނުރައްކާތެރި ހަމަލާއެއް ގޯލަށް އަމާޒު ކުރެވިފައެއް ނެތެވެ.

މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި އިންގްލަންޑަށް ލަނޑެއް ޖަހާނޭ ފުރުސަތެއް ލިބިފައިމެ ބޭނުމެއް ނުކުރެވުނެވެ. ފެނުނީ ކުޅިން ތެރިން ވެއްޓި ބޮނޑިވެގަނެގެން ބޯޅަވެސް ވީތަނެއް ނޭނގިގެން އުޅުނު ތަނެވެ. އެ ވަގުތު ސްކޮޓްލަންޑްގެ ކުޅުންތެރިއަކު ބޯޅަ ބޭރަށް ޖެހީއެވެ.

އިންގަލަންޑާއި ސްކޮޓްލަންޑަކީ ވަރަށް ވާދަވެރި ދެ ޓީމު ކަމަށް ވުމާއެކު ރޭގެ މެޗުގައި ބޮޑަށް މަސައްކަތް ކޮށްފައި ވަނީ ބަލި ނުވާށެވެ. ދަނޑުން ފޭބި ވަގުތު އިންގްލަންޑްގެ ސަޕޯޓަރުންގެ "ބޫ" ގެ އަޑު އިވެމުން ދިޔައެވެ.

މިހާރު ގްރޫޕްގެ ޕޮއިންޓްތަކަށް ބަލާއިރު 4 ޕޮއިންޓާއެކު ލަނޑުގެ ތަފާތުގެ ސަބަބުން އެންމެ ކުރީގައި އޮތީ ޗެކް ރިޕަބްލިކެވެ. 4 ޕޮއިންޓާއެކު ދެވަނައިގައި އޮތީ އިންގްލަންޑެވެ. ކްރޮއޭޝިއާއާއި ސޮކޮޓްލަންޑަށް ލިބިފައި ވަނީ އެންމެ ޕޮއިންޓަކަށް ވީނަމަވެސް ލަނޑުގެ ތަފާތުން ތިންވަނައިގައި އޮތީ ކްރޮއޭޝިއާއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.