ޔޫރޯ 2020: ޗެކް ރިޕަންލިކާއި ކްރޮއޭޝިއާ އެއްވަރު - ކްރޮއޭޝިއާ އަށް ހާސްކަން

ޔޫރޯ 2020 ގައި މިރޭ 9 ޖެހިއިރު ކުޅުނު މެޗު ނިމުނީ 1 ލަނޑު 1 ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ. މި ނަތީޖާގެ ސަބަބުން ކްރޮއޭޝިއާ ދެވަނަ ބުރަށް ދާން އޮތް މަގު ހަނި ވެގެން ދިޔައީއެވެ. އެ ޓީމު ވަނީ ފުރަތަމަ މެޗުގައި 1 ލަނޑު 0 ލަނޑުން އިންގްލަންޑް އަތުން ބަލިވެފައެވެ.

ޗެކް ރިޕަބްލިކް ފުރަތަމަ މެޗު ކާމިޔާބު ކޮށްފައި ވުމާއެކު މިރޭގެ 1 ޕޮއިންޓާއެކު އެ ޓީމަށް ހަތަރު ޕޮއިންޓު ލިބުނީއެވެ. އެހެންވީމާ މި ވަގުތަށް ބަލާއިރު ޕޮއިންޓް ޓޭބަލުގެ އެންމެ ކުރީގައި އޮތީ ޗެކް ރިޕަބްލިކެވެ. ދެވަނައިގައި އޮތީ 3 ޕިއިންޓާއެކު އިންގްލަންޑެވެ. ތިން ވަނައިގައި އެންމެ ޕޮއިންޓަކާއެކު ކްރޮއޭޝިއާއެވެ. އެންމެ ފުލުގައި އޮތީ ސްކޮޓްލަންޑެވެ. އެ ޓީމަކަށް އަދި ޕޮއިންޓެއް ނުލިބެއެވެ. މި ރޭ 12 ޖަހާއިރު އޮތް މެޗުގައި ބައްދަލު ކުރާނީ އިންގްލަންޑާއި ސްކޮޓްލަންޑެވެ. މި މެޗުން މޮޅު ވެއްޖެ ނަމަ އިންގަލަންޑް ދެވަނަ ބުރަށް ދާނެއެވެ.

މިރޭގެ މެޗު ފެށިގެން އފުރަތަމަ މޮޅަށް ކުޅެން ފެށްޓީ ޗެކް ރިޕަބްލިކެވެ. ހަލުވި ކުޅުމަކާއެކު ކްރޮއޭޝިއާގެ ފަހަތަށް ބާރު ބޮޑު ކުރަމުން ގެންދިޔައެވެ. ލަނޑު ޖަހާނޭ ފުރުސަތުވެސް ލިބުނެވެ. އެހެންނަމަވެސް ފާހަގަ ކުރެވުނު ގޮތުގައި ޗެކްގެ ނިންމުންތައް ދިޔައީ ދޯދިޔާ ގޮތަކަށެވެ.

ޗެކްގެ ލަނޑު ޖަހާފައި ވަނީ 37 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ޕެޓްރިކް ޝިކެވެ. މި ޕެނަލްޓީ ލިބުނީވެސް އޭނާއަށް ކޮރްއީޝިއާގެ ކުޅުންތެރިއަކު ދިން ހަމަލާއަކާ ގުޅިގެންނެވެ.

ދެވަނަ ހާފުގައި ކްރޮއޭޝިއާގެ ކުޅުން ވަރަށް ރަނގަޅު ވެގެން ދިޔައެވެ. ނަތީޖާއަކީ 47 ވަނަ މިނިޓުގައި ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކުރުމެވެ. މި ލަނޑު ޖެހީ ޕެރިސިޗެވެ.

ފަހު ހާފުގައި ފެނިގެން ދިޔައީ ދާދި އެއްވަރެއްގެ ކުޅުމެކެވެ. ދިހަވަރަކަށް މިނިޓު ޗެކްގެ ހަމަލާތައް ވަރުގަދަ ވެގެން ދިޔައިއްޔާ އަނެއް ދިހަވަރަކަށް މިނިޓު ކްރޮއޭޝިއާ މޮޅަށް ކުޅެގަނެއެވެ. މެޗު ނިމުނީ ދެ ޓީމު އެއްވަރު ވެގެންނެވެ.

މިރޭ 6 ޖެހިއިރު ކުޅުނު މެޗުގައި ބައްދަލުކުރީ ސްވިޑްދް އާއި ސްލޮވާކިއާއެވެ. މެޗު ނިމުނީ 1 ލަނޑު 0 ލަނޑުން ސޗވިޑްން މޮޅުވެގެންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.