އާފަތިސް ބަދިގެ: އޯރިއޯ މިލްކްޝޭކް

އޯރިއޯ ބިސްކޯދަކީ ޑެޒާޓް ތައްޔާރު ކޮށްލުމަށާއި އަދި ތަފާތު ބުއިންތައް ތައްޔާރުކޮށްލަންވެސް ވަރަށް ކަމުދާ އެއްޗެކެވެ. އޯރިއޯ މިލްކް ޝޭކަކީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ރޯދާ ވީއްލުމަށް ކަމުދާނެ ވަރަށް ފަސޭހައިން އަވަހަށް ތައްޔާރު ކޮށްލެވޭނެ ބާވަތެކެވެ. މާގިނަ ތަކެއްޗެއް އޯރިއޯ މިލްކްޝޭކް ތައްޔާރު ކުރުމަށް ބޭނުމެއް ނުވެއެވެ. 

ބޭނުންވާ ތަކެތި 

  • 6 ޖޯޑު ވެނީލާ އައިސްކްރީމް 
  • ¼ ޖޯޑު ކިރު
  • ⅓ ކަޕް ޗޮކްލެޓް ސޯސް
  • 12 އޯރިއޯ ބިސްކޯދު
  • ވިޕްޑް ކްރީމް ( ބޭނުންނަމަ)

ތައްޔާރު ކުރާނެ ގޮތް

1- އައިސްކްރީމާއި ކިރާއި ޗޮކްލެޓް ސޯސް އަދި އޯރިއޯ ބިސްކޯދު ބްލެންޑަރަށް އަޅާލުމަށްފަހު ގިރާލާށެވެ.

2- ސާވްކުރުމަށް މައްޗަށް ވިޕްޑް ކްރީމް  އަޅާލުމަށްފަހު އޯރިއޯ ބިސްކޯދުން ގާނިޝް ކޮށްލާށެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.