ބަރަބޮލާއި ބޯވެލި ފަތް (ސްޕިނެޗަކީ) މާރުކޭޓުން ލިބެން ހުންނަ ހަށިގަނޑަށް ފައިދާ ހުރި ދެ ބާވަތެވެ. އެހެންކަމުން މި ތަކެތި ބޭނުން ކޮށްގެން ކާއެއްޗެއް ތައްޔާރު ކޮށްލުމަކީ މާބޮޑު ކަމަކަށް ނުވާނެއެވެ. މާގިނަ ކޮށުންތަކެއްވެސް ނެތުމުން ތައްޔާރު ކުރާކަށް މާގިނަ ވަގުތެއް ވެސް ނުނަގާނެއެވެ. މިއީވެސް ރޯދަވީއްލުމަށް ވަރަށް ކަމުދާނެ ބާވަތެކެވެ.
ބޭނުންވާ ތަކެތި
- 250 ގްރާމް ބޯވެލި ފަތް ( ފްރޯޒަން ނުވަތަ ތާޒާ)
- ¼ ޖޯޑު ޕާންކުނޑި ނުވަތަ ފާރޮށި ކުނޑި
- 30 ގްރާމް މާޖިރިން ނުވަތަ ބަޓަރު
- 250 ގްރާމް ބަރަބޯ (ތޮށި މަށައި ކޮށައިފައި)
- 3 ލޮނުމެދު (ގާނާފައި )
- 2 ބިސް
- ⅔ ޖޯޑު ކާނޭޝަން މިލްކް
- ނަޓްމެގު ނުވަތަ ގަރަމް މަސާލާ ކުޑަ އެތިކޮޅެއް
- ½ 1 ޖޯޑު ޕާސްތާ (ކައްކާފައި)
ތައްޔާރު ކުރާނެ ގޮތް
1- ނޮން ސްޓިކީ ބޭކިންގ ޓްރޭއަކަށް އޮއިލް ސްޕްރޭކޮށްލާށެވެ. ނުވަތަ ތެޔޮ އުނގުޅާލުމަށްފަހު ޕާން ކުނޑި ބުރުވައިލާށެވެ.
2- ތަވައެއްގައި މާޖިރިން ނުވަތަ ބަޓަރު މެލްޓް ކޮށްލުމަށްފަހު ، ލޮނުމެދާއި ބަރަބޯ އަޅައިލުމަށްފަހު، ހަތަރު ނުވަތަ ފަސްވަރަކަށް މިނިޓު ވާންދެން މީޑިއަމް ހީޓްގައި ކައްކައިލާށެވެ.
3- ބަރަބޯ އެތީގެ ތެރެއަށް ބޯވެލި ފަތް އަޅާލައި ރަނގަޅަށް އެއްކޮށްލުމަށްފަހު ތިން މިނިޓެއްހާއިރު ނުވަތަ ބަރަބޯތައް މަޑުވެލަންދެން ކައްކައިލާށެވެ.
4- ބަރަބޯ އެތީގެ ތެރެއަށް ނަޓް މެގް އަޅައިލާށެވެ. ނަޓްމެގްގެ ބަދަލުގައި ގަރަމް މަސާލާ ބޭނުން ކުރެވިދާނެއެވެ.
5- ކްރީމް ޗީޒް ނުވަތަ ކޮޓޭޖް ޗީޒާއި މިލްކާއި ބިސް ބޮޑު ބޯތަށްޓެއްގައި އޮމާން ވާންދެން ގިރައިލާށެވެ. އަސްލު ރެސިޕީގައި ބޭނުންކުރަނީ، ރުކޮޓާ ކިޔާ ކިރުން ހަދާފައިވާ ބާވަތެކެވެ. ނަމަވެސް ރާއްޖެއިން އެ ބާވަތް ނުލިބިދާނެތީ އޭގެ ބަދަލުގައި އެޅިދާނެ އެއްޗަކަށް ކްރީމް ޗީޒް ނުވަތަ ކޮޓޭޖް ޗީޒް ހިމަނައިލީއެވެ.
6- ބަރަބޯ އެތީގެ ތެރެއަށް ކައްކާފައިހުރި ޕާސްތާ އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
7- ދެން ޕާން ކުނޑި އަޅައި ތައްޔާރު ކޮށްފައި ހުރި ބޭކިންގ ޓްރޭއަށް ބަރަބޯތައް އަޅާލައި ފަތުރައިލާށެވެ. ދެން 30 މިނިޓު ވާންދެން 180 ޑިގްރީގައި ބަހައްޓައިގެން މަޑު ބުރައުން ކުލަ އަރާލަން ދެން ފިހެލާށެވެ.