ޕަފް އަކީ ކުޑަކުދިންނަށް ވެސް ބޮޑެތި މީހުންނަށް ވެސް ރޯދަ ވީއްލަން ވަރަށް ކަމުދާނެ ހެދިކާއެކެވެ. ޓޫނާ ޕަފް އަކީ ވަރަށް ފެސޭހައިން ތައްޔާރުކޮށްލެވޭނެ ބާވަތެކެވެ. މި ބާވަތް ތައްޔާރުކުރަން މާގިނަ ތަކެއްޗެއް ވެސް ވަގުތެއް ވެސް ބޭނުމެއް ނުވާނެއެވެ.
ބޭނުންވާ ތަކެތި
- ޕޭސްޓްރީ ޝީޓް
- އެއްދަޅު މަސް (ތެޔޮ ހުސްކޮށްލުމަށްފަހު ފުޑުކޮށްލައިފައި)
- ކުޑަ އެއް ފިޔާ (ހިމުންކޮށް ކޮށައިލައިފައި)
- 1 ލޮނުމެދު ( ހިމުންކޮށް ގާނާފައި)
- ½ ސައިސަމުސާ އަސޭމިރުސް (މުގުރައިފައި)
- އެއް ބިސް ( ހަރުކޮށް ކައްކައި ފޮތި ކޮށްލާފައި)
- ½ 1 މޭޒުމަތީ ސަމުސާ މެޔޮނައިޒް
- ލުނބޯ ފަޅިއެއްގެ ހުތް
އެގް ވޮޝް އަށް (ޕަފްގެ ބޭރުގައި އުނގުޅާ ބިސް)
- އެއްބިސް (ގިރާލައިފައި)
- 2 ސައިސަމުސާ ފެން
ތައްޔާރު ކުރާނެ ގޮތް
1- މަސްދަޅު ބޯތަށްޓަކަށް އަޅާލުމަށް ފަހު ފިޔައާއި ލޮނުމެދާއި އަސޭމިރުހާއި މެޔޮނައިޒް ލުނބޯހުތް ފަޅި ފެލައިގެން ރަނގަޅަށް އެއްކޮށްލާށެވެ.
2- ޕޭސްޓްރީ ފުށްގަނޑުނ ހަތަރެސްކަން ފޮތިތަކަކަށް ކަފާލާށެވެ. ދެން މޭޒުމަތީ ސަމުސަލެއްގެ މަސް ފުށްގަނޑުގެ މެދަށް ލުމަށް ފަހު އޭގެ މަތީގައި ދެފޮތި ބިސް ބާއްވާށެވެ. ހަތަރެސް ކަން އެހެން ފުށްގަނޑެއް މަސްގަނޑުގެ މަތީގައި އެއްވަރުކޮށް ބާއްވާލާށެވެ. ދެން އުލަކުން ފިއްތާލައިގެން ހަތަރު ފަރާތުން ދެގަނޑުފުށް އަރިމަތިން ތަތްކޮށްލާށެވެ. ބާކީ ހުރި ފުށްގަނޑުތަކުން ވެސް މިގޮތަށް ޕަފް ތައްޔާރު ކުރަމުން ގެންދާށެވެ.
3- އެގް ވޮޝް ތައްޔާރު ކުރުމަށް ގިރާފައި ހުރި ބިހުގެ ތެރެއަށް ދެ ސައިސަމުސާ ފެން އަޅާލުމަށް ފަހު ރަނގަޅަށް ގިރާލާށެވެ.
4- ދެން ޕަފްގެ މަތީގައި ގަޅިތަކެއް ޖަހައިލުމަށްފަހު އެގް ވޮޝް ނުވަތަ ގިރާފައި ހުރި ބިސް ހާކާލާށެވެ.
5- ބޭކިން ޓްރޭގައި ބޭކިން ޕޭޕަރ އަޅާލުމަށްފަހު 220 ޑިގްރީގައި ބަހައްޓައިގެން ޕަފް މައްޗަށް ބްރައުން ކުލަ އަރާލަންދެން 15 ވަރަކަށް މިނިޓު ވާންދެން ފިހެލާށެވެ.