ރޭގަނޑު 9.00 އާއި ފަތިހު 4.00 އާ ދެމެދު ބޭރަށް ނުކުމެ އުޅުން މަނާކޮށްފި

ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު އާދަޔާ ޚިލާފަށް ގިނަވަމުން ދާތީ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަދުން (6 މޭ 2010 އިން) ފެށިގެން ރޭގަނޑު 9.00 އާއި ފަތިހު 4.00 އާ ދެމެދު ބޭރަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވައި އުޅުން ސަރުކާރުން މަނާކޮށްފިއެވެ. މި ވަގުތުގެ ތެރޭގައި ކޮންމެވެސް ބޭރަށް ދާން ޖެގހޭ މީހަކަށް ބޭނުންވާ ޚާއްސަ ހުއްދަ ފުލުހުން ދޭނެ ކަމަށް ވެއެވެ.

މިއަދަކީ މިހައި ތަނަށް ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު އެންމެ ގިނަވީ ދުވަހެވެ. މިއަދު ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 734 އެވެ. މީގެ ތެރެއިން 540 މީ)ހުންނަކީ ހަމައެކަނި މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުންނެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އަދި ދިވެހިރާއްޖޭގައިވެސް އެންމެ ކަންބޮޑުވާން ޖެހޭ ކަމަކީ މި ބަލީގައި ހަސްފަތާލުގައި ބާއްވައިގެން ފަރުވާ ދޭން ޖެހޭ އަދަދު ގިނަވަމުން ދިއުމެވެ. ރާއްޖޭގައި އެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް ދަނީ ގިނަ ވަމުންނެވެ. މިއަދު އެކަނިވެސް 17 މީހުން ހަސްފަތާލުގައި ބާއްވަން ޖެހުނެވެ. އިއްޔެ ބޭއްވީ 8 މީހުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.