މި ރަހަފަތުގެ މައިގަނޑު އެއްްޗަކީ ބަށި ނުވަތަ އެގްޕްލާންޓާއި ޕާމެސަން ޗީޒެވެ. ޗީޒީ ރަހަތަކަކީ މިހާރަކަށް އައިސް ދިވެހިންނަށް އެންމެ ކާލަން ކަމުދާ ބާވަތްތަކެވެ. ޗީޒީ ރަހަތަކަށް ލޯބިކުރާ ނުވަތަ ކާހިތްވާ މީހުންނަށް މިއީވެސް ވަރަށް ކަމުދާނެ ބާވަތަކަށް ވާނެއެވެ. ތަޖުރިބާކޮށްލާށެވެ.
ބޭނުންވާ ތަކެތި
- 2 ބޮޑު ބަށި (އެގްޕްލާންޓް)
- 2 ބިސް (ގިރާލައިފައި)
- ¼ ޖޯޑު އަލްމަންޑް މިލްކް
- ¼ 1 ޕާމަސަން ޗީޒް ( ގާނާފައި)
- ½ 1 ޖޯޑު ޕާންކުނޑި ނުވަތަ ފާރޮށި ކުނޑި
- 2 ސައި ސަމުސާ އޮރިގާނޯ
- 2 މޭޒުމަތީ ސަމުސާ ތާޒާ ތީމް
- ½ ސައި ސަމުސާ މިރުސް (ރާޅުކޮށް މުގުރާފައިހުރި)
- ½ ސައި ސަމުސާ ސީ ސޯލްޓް ނުވަތަ އާދައިގެ ލޮނު
- އަސޭމިރުސް (ވަގުތުން މުގުރައިފައި)
- އެކްސްޓްރާ ވަރޖިން އޮލިވް އޮއިލް
- 800 ގްރާމް މެރިނޭޓް ސޯސް
- މޮޒެރެއްލާ ޗީޒް ( ތުނިކޮށް ފޮތިކޮށްލައިފައި)
- ⅓ ޖޯޑު ތާޒާ ބޭސިލް ލީފް
ތައްޔާރު ކުރާނެ ގޮތް
1- ބިހާ އަލްމަންޑް މިލްކް ބޯތަށްޓެއްގައި ގިރާލާށެވެ.
2- އިތުރު އެހެން ބޯތަށްޓެއްގައި ޕާންކުނޑިއާއި އެއް ޖޯޑު ޕާމަސަން ޗީޒާއީ އޮރިގާނޯ އާއި ތީމާއި މުގުރި މިރުހާއި އަސޭމިރުހާއި ލޮނު އެއްކޮށްލާށެވެ.
3- ބޭކިން ޓްރޭއެއްގައީ ބޭކިން ޝީޓް އަޅާލުމަށްފަހު، ފޮތިކޮށްފައި ހުރި ބަށި، ފަހަރަކު ފޮތްޗެއް ބިސް އެއްޗަށް ލުމަށްފަހު ޕާންކުނޑީގެ ތެރެއަށް ލައި ރަނގަޅަށް ޕާންކުނޑި އުނގުޅާލާާށެވެ. ޕާންކުނޑި އުނގުޅާލުމަށްފަހު ބަށި ފޮތިތައް ބޭކިން ޓްރޭގައި އަތުރާލާށެވެ. ދެން އޭގެ މައްޗަށް އޮލިވް އޮއިލް ސްޕްރޭ ކޮށްލުމަށްފަހު ގޯލްޑަން ބުރައުން ކުލަ އަރާވަރަށް ފިހެލާށެވެ.
4- ބަށިތައް ފިހެލުމަށްފަހު، ގާތްގަނޑަކަށް 8 އިންޗިއާއި 12 އިންޗީގެ ބޭކިން ޓްރޭއެއްގައި ފުރަތަމަ ލޭޔަރަށް ނުވަތަ ފަށަލައަށް ބައި ޖޯޑު މެރިނޭޓް ސޯސް ފަތުރާލުމަށްފަހު އޭގެ މަތީގައި ފިހެފައި ހުރި ބަށީގެ އެއްބައި، ލޭޔަރެއްހެން ފަތުރާލާށެވެ. ދެން އަނެއްކާވެސް މެރިނޭޓް ސޯސް ލޭޔަރެއް އަޅާ ލުމަށްފަހު އޭގެ މަތީ މޮޒެރެއްލާ ޗީޒް ފޮތި ފަތުރާލާށެވެ. ބާކީ ހުރި އެއްޗެހި މިގޮތަށް އިތުރު ލޭޔަރުތަކަށް އަޅާލުމަށްފަހު އެންމެ މައްޗަށް ޕާމަސަން ޗީޒް ފަތުރާލާށެވެ. މައްޗަށް އޮލިވް އޮއިލް ސްޕްރޭ ކޮށްލުމަށްފަހު ޗީޒްތައް ރަނގަޅަށް މެލްޓްވެ ބުރައުންކުލަ އަރާލަންދެން ފިހެލާށެވެ. އަވަނުން ނެގުމަށްފަހު މައްޗަށް ބޭސިލް ލީފް ކޮޅެއް އަޅާލާށެވެ.