އާފަތިސް ބަދިގެ: ވޯޓަރމެލަން ސްމޫތީ

މިއީ އެންމެ ދެ ބާވަތެއް ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވޭ ވަރަށް ފަސޭހަ އަދި ރޯދަ ވީއްލުމަށް ވަރަށް ކަމުދާނެ ބުއިމެކެވެ. ވޯޓަރމެލަން ނުވަތަ ކަރައަކީ އާއްމު ގޮތެއްގައި ރޯދަމަހުގެ ކޮންމެ ދުވަހެއްގެ ރޯދަ ވީއްލުމަށް ދިވެހިން ބޭނުން ކުރާ ބާވަތަކަށް ވުމުން މިއީ އެންމެ ފަސޭހައިން ތައްޔާރު ކޮށްލެވޭނެ ބުއިމަށް ވާނެކަން ޔަގީނެވެ. 

ބޭނުންވާ ތަކެތި 

  • 1 ކިލޯ ކަރާ (ތޮށިމަށައި އޮށްނަގައި ކޮށައިފައި)
  • 2 ލުނބޯގެ ހުތް 

ތައްޔާރު ކުރާނެ ގޮތް 

1- ކޮށައިފައި ހުރި ކަރާކޮޅު ފުރިޖުގައި ބަހައްޓައިގެން ފިނިކޮށްލާށެވެ. 

2- ސްމޫތީ ތައްޔާރު ކުރަން ވުމުން ފިނިކުރި ކަރާ ކޮޅު ނަގައިގެން ފަނިގިރާ މިކްސަރުގައި ގިރާލާށެވެ. ދެން ލުނބޯ ހުތް ފެލާލާށެވެ. 

3- ކަރާ ކޮޅު ފިނިކޮށްލަން ވަގުތު ނެތްނަމަ އައިސް ކިޔުބު އަޅާލަން ޖެހޭނެއެވެ. އައިސް ކިޔުބު އެޅުމުން ފޮނި މަޑުވާނެ ނަމަ ހަކުރުކޮޅެއް އަޅާ ލެވިދާނެއެވެ.  

ނޯޓް : އޮށް ނަގަން ވަގުތު ނުވިއްޔާ ފުރާނާލަން ޖެހޭނެއެވެ. އޮށްނެގި ނަމަވެސް ބޮޑަށް ސްމޫތުކުރަން ނޫނީ ރާޅުކޮށް ނުހުންނަ ގޮތަށް އޮމާންކޮށްލަން ބޭނުން ނަމަ ފުރާނާލާށެވެ. އެއްކިލޯ ކަރައިން ބޮޑު ހަ ތަށީގެ ސްމޫތީ ތައްޔާރުކޮށްލެވޭނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.