އާފަތިސް ބަދިގެ: ރެޑް ވެލްވެޓް ޕޭންކޭކް

ޕޭން ކޭކަށް ބޭނުންވާނެ ބާވަތްތައް:

1 ޖޯޑު ފުށް

1 ސައިސަމުސާ ބޭކިން ޕައުޑަރ

¼ ސައިސަމުސާ ލޮނު

2 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރ

2 މޭޒުމަތީ ސަމުސާ ހަކުރު

1 ކުކުޅު ބިސް

1 ޖޯޑު ބަޓަރ މިލްކް

½ ސައިސަމުސާ ވެނީލާ އެސެންސް

2 މޭޒުމަތީ ސަމުސާ އަންސޯލްޓެޑް ބަޓަރ (ވިރުވާފައި)

ރަތް ކުލަ

ގްލޭޒް އަށް ބޭނުންވާނެ ބާވަތްތައް:

6 މޭޒުމަތީ ސަމުސާ ކްރީމް ޗީޒް

½ ސައިސަމުސާ އައިސިން ޝުގަރ

2 ނުވަތަ 3 މޭޒުމަތި ސަމުސާ ކިރު

ތައްޔާރު ކުރާނެ ގޮތް:

ބޮޑު ބޯތަށްޓެއްގައި ފުށާއި ކޮކޯ ޕައުޑަރާއި ބޭކިން ޕައުޑަރު އަދި ލޮނު އެއްކޮށްފައި ބަހައްޓާށެވެ.

އެހެން ތަށްޓެއްގައި ބަޓަރ މިލްކާއި ބިސް ވެނީލާ އަދި ވިރުވާފައި ހުރި ބަޓަރު އެއްކޮށް ގިރުމަށްފަހު ރަނގަޅަށް އެއްކުރާށެވެ. ފުށްގަނޑުގެ ޓެކްސްޗަރ ހެޔޮވަރުކުރަން ބަޓަރ މިލްކް އިތުރަށް އަޅަންޖެހިއްޖެނަމަ ދެ ސަމުސާ ވަރު އަޅާށެވެ.

އުނދުނަށް ތަވާ އުދައި ހޫނުމިން މެދުމިނުގައި ބަހައްޓައިގެން ޕޭންކޭކް ތަވައަށް އަޅާށެވެ. ދެން ފުށުން ޖަހައި ދެފުށް ރަނގަޅަށް ރޯ ފިލުވާށެވެ.

އެއަށްފަހު ގްލޭޒް ތައްޔާރު ކުރުމަށްޓަކައި ކްރީމް ޗީޒާއި ވެނީލާގެ ތެރެއަށް ހަކުރު އެއްކުރާށެވެ. ހަކުރު ވިރިގެން ދިއުމުން ކްރީމްގެ ތެރެއަށް ކިރު ފޮދު އަޅައި އޮމާންވަން ދެން އެއްކުރާށެވެ.

ދެން ތިނެއް ނުވަތަ ހަތަރު ޕޭންކޭކް ތަށްޓެއްގައި ބަރިއަކަށް އަތުރައި އޭގެ މައްޗަށް ގްލޭޒް އޮއްސާލާށެވެ.

މިއީ ހެނދުނުގެ ނާސްތާއަށް ތައްޔާރުކޮށްލަން ރަނގަޅު އެއްޗެކެވެ.  

މި ރެސިޕީ އަކީ ލޯރާ ވިޓާލް ގެ ރެސިޕީ އެކެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.