ދުވާފަރު އައިސް ޕްލާންޓުން އައިސް ވިއްކާ އަގު ހެޔޮކޮށްފި

އެމްޑަބްލިޔުއެސްސީން ރ. ދުވާފަރުގައި ޤާއިމްކޮށްފައިވާ އައިސް ޕްލާންޓުން ވިއްކާ އައިސްގެ އަގު ހެޔޮކޮށްފިއެވެ. މިގޮތުން، އައިސް ވިއްކާ އަގަށް މި ގެނެވުނު ބަދަލާއެކު، ޖީ.އެސް.ޓީ އާއެކު، މިހާރު އައިސް ޓަނެއް ވިއްކާ އަގަކީ 1050 ރުފިޔާ އެވެ.  ކުރިން އައިސް ޓަނެއް، ޖީ.އެސް.ޓީ އާއެކު، ވިއްކަމުން އައީ 1275 ރުފިޔާއަށެވެ. އެމްޑަބްލިޔުއެސްސީން އައިސް ވިއްކާ އަގު ހެޔޮކޮށްފައި މިވަނީ، ދުވާފަރާއި އަދި އެ ސަރަހައްދުގެ މަސްވެރިންގެ ބޭނުންތަކާއި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، އާއްމުކޮށް ހުރިހާ ފަރާތްތަކަށް، އަދި ވަކިން ޚާއްސަކޮށް މަސްވެރިންނަށް ވީހާވެސް ހެޔޮ އަގެއްގައި ލުއި ފަސޭހަ ކަމާއި އެކު އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށްޓަކައި ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

ދުވާފަރުގައި އައިސް ޕްލާންޓެއް ގާއިމްކޮށްފައި ވަނީ 2013 ވަނަ އަހަރުއެވެ. އެމްޑަބްލިޔޫއެސްސީން ހާމަކޮށްފައިވާ ގޮތުގައި އއިސް ޕްލާންޓްގެ ޚިދުމަތަކީ މަސްވެރިކަމާއި އަދި އެހެނިހެން ވިޔަފާރިތަކާ ވަރަށްބޮޑަށް ގުޅިފައިވާ ޚިދުމަތަކަށް ވުމާއި އެކު، މި ޚިދުމަތް ފޯރުކޮށްދެމުން ދަނީ ވިޔަފާރިއަކަށް ވުރެ ބޮޑަށް އާއްމު ޚިދުމަތެއްގެ ގޮތުގައި ދެކިގެންނެވެ.

އެމްޑަބްލިޔުއެސްސީން އަންނަނީ މަސްދޯނިތަކުގެ އޯޑަރަށް ދުވާފަރު އައިސް ޕްލާންޓުން ދުވާފަރު ބަނދަރު ސަރަހައްދަށް، އައިސް ގެންގޮސްދިނުމުގެ ޚިދުމަތްވެސް ފޯރުކޮށްދެމުންނެވެ. ރަސްމީ ކޮންމެ ދުވަހެއްގެ ހެދުނު 8:00 އާއި ރޭގަނޑު 22:00 އާއި ދެމެދު ދުވާފަރު ކަސްޓަމަރ ސާރވިސް މެދުވެރިކޮށް އައިސް އަށް އޯޑަރ ކުރެވޭނެއެވެ. އައިސް ހޮޓްލައިން ނަމްބަރ 7999151 އަށް ގުޅައްވައިގެންވެސް އައިސް އަށް އޯޑަރުކުރެވޭނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.